- Advertisement -ad image

ގޯލްޑް ކެޕްޓަން އައްސަދުގެ ވަރުގަދަ ރައްދެއް ޝަހިންދާއަށް

ad image

ގުޅުންހުރި ލިޔުންތައް

ފުޓްބޯޅައިން ރާއްޖެއަށް ރަން މެޑަލް ހޯދާދިން ގައުމީ ޓީމުގެ ގޯލްޑް ކެޕްޓަން އައްސަދު އަބްދުލް ޣަނީ އެމްޑީއެންގެ މެންބަރު ޝަހިންދާ އިސްމާއިލްއަށް ވަރުގަދަ ރައްދެއް ދީފިއެވެ.

ޔޫތު މިނިސްޓްރީން ކުރިއަށް ގެންދިޔަ ހަފުތާރެސް ޕްރޮގްރާމްގެ ސެޝަންއެއްގައި ދަރިވަރުންނަށް ވަގުތަށް ނަމާދަށް ދިއުމަށް ބުނެދިނުމަކީ ހަރުކަށި ފިކުރުގެ އަލާމާތެއް ކަން ދޭހަވާ ވާހަކަތަކެއް ދެކެވިފައިވާތީ އެކަމާ ގިނަ ބަޔަކު ދަނީ ނުރުހުންވެ ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރަމުންނެވެ. މިކަމާއި ގުޅިގެން ކުރި ޓުވީޓެއްގައި ޝަހިންދާ ބުނެފައިވަނީ އެއްވެސް މީހަކު ނަމާދުކުރުމަކީ ހަރުކަށި ފިކުރެކޭ ނުބުނާ ކަމަށާއި ބުނާ ވާހަކައަކީ ކުއްޖާގެ އުޅުމަށް ކުއްލިއަކަށް ބޮޑެތި ބަދަލު އައިސް، އެހެން ހުރިހާކަމެއް ދޫކޮށްފައި މިސްކިތުން ނުފައިބާ ހިސާބަށް ދިޔުމަކީ ހަރުކަށި ފިކުރު ގެންގުޅޭކަމުގެ ނިޝާނެއް ގޮތުގައި ބެލެވޭ ކަމަށެވެ.

މިކަމަށް ރައްދު ދިނުމުގެ ގޮތުން އައްސަދު ކުރި ޓުވީޓުގައި ބުނެފައިވަނީ ޝަހިންދާ އުޅެނީ ކާކަށް ކޯންޗެއް ވިސްނައިދޭންތޯ ސުވާލުކޮށްފައެވެ. ”ބަންގި ގޮވާއަޑު އިވުނީމަ ކަންފަތް ހިރުވާފަ ނަމާދަށް ކުދިން ދާތަން ފެނުނީމަ މުޅި މީހާ ރޫ ރޫ އަޅައިފަ އެކަމާަ ދެފައި އެއްތާކު ނުޖަހާ އުޅުމަށް ވުރެ ހަރުކަށި ފިކުރެއް ނޯންނާނެ” އައްސަދުގެ ޓުވީޓްގައި ބުނެފައިވެއެވެ.

ޝަހިންދާ ވަބީ 2020 ވަނަ އަހަރު އިސްލާމްދީނަށް ފުރައްސާރަކޮށް ވާހަކަދައްކާފައެވެ.

ގުޅުންހުރި ލިޔުންތައް

4 ޚިޔާލު

  1. ޝަހިންދާ މެން ހާދަހާ އިސްލާމް ދީންދެކެ ރުޅިއާދެޔޭދޯ؟ ނިކަން ކެރެންޏާ ދީނީ ބަހުސެއް ބާއްވާލަބަލަ. އޮޅުން ސާފުވާނެ.

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ