ވެރިކަންކުރާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ އެމްޑީޕީން ވަކި ކޮށްފިނަމަ ދުވަހަކުވެސް ހަޔާތުގައި ދެރަނުވާ ވަރަށް ދެރަ ވާނެ ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީން ކަނޑާލައިފިނަމަ އެމަނިކުފާނު ވަރަށް ދެރަވާނެ ކަމަށެވެ.
ނަޝީދު މިފަދަ މެސެޖެއް ވަޓްސްއަޕް ކުރައްވާފައި މިވަނީ އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ވިފްލައިނާ ހިލާފުވާ މެންބަރުންނާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށް އެ ޕާޓީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވާ ވަގުތެއްގައެވެ. އެމްޑީޕީގެ ތެރޭގައި މިބަހުސްފެށިފައި މިވަނީ ޕީޖީ ޝަމީމްގެ އިތުބާރު ނެތް ކަމަށް ނިންމަން އެ ޕާޓީގެ ޕީޖީ ގުރޫޕުން ފާސް ކުރުމުން ވިޕްލައިނާ ހިލާފުވެވަޑައިގަންނަވަން 19 މެންބަރަކު ނަޝީދުއަށް ނަން ދެއްވުމުންނެވެ.
ވިޕްލައިނާ ހިލާފުވެއްޖެނަމަ އެންމެ ފުރަތަމަ އޮންނަނީ ލިޔުމުން ނަސޭހަތް ދިނުމަށެވެ. އަދި ޕާޓީން ވަކި ކުރެވެނީ ފަސް ފަހަރު ވިޕްލައިނާ ހިލާފުވެއްޖެނަމައެވެ. ނަޝީދު ވިދާޅުވެފައިވަނީ ރާއްޖެފަދަ ޕާލިމެންޓްތަކުގައި މެންބަރުން ސަރުކާރަށް ތާއީދު ކުރި ކުރީނުން ގައުމުތައް އެކަށް އެބަ ބަނގުރޫޓުވާ ކަމަށެވެ.