ރާއްޖެއިން ހަރުކަށި ފިކުރު ނައްތާލަން ހުޅަނގުގެ ނަޒަރިއްޔާތަކެއް ބޭނުނުން ނުވާ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހަރުކަށި ފިކުރު ނައްތާލަން ކަމަށް ބުނެ ހުޅަނގުގެ ބައެއް ޖަމާޢަތްތަކުން ފަންޑުކުރަނީ މުސްލިމު ޒުވާނުން ދީނާ ދުރުކުރަންކަމަށެވެ.
އިސްލާމީ މުޖުތަމަޢުގައި ހަރުކަށި ފިކުރު ނައްތާލަން ހުޅަނގުގެ ނަޒަރިއްޔާތަކެއް ކަމަށް ޝަހީމް ވިދާޅުވިއެވެ. ބޭނުމެއްނޫން ކަމަށާއި ހަރުކަށި ފިކުރު ނައްތާލުމުގައި ތަބާވާންވީ އިސްލާމީ މަންހަޖަށްކަމަށެވެ. ރާއްޖޭގައި މިހާތަނަށް ދިމާވި އެންމެ ބޮޑެތި އެ ފަދަ މައްސަލަތައް ޙައްލުކުރީ އިސްލާމީ މަންހަޖުގެ ތެރެއިން ކަމަށާއި އޭގެ ތެރޭގައި ހިމަންދޫ އާއި މާލޭ ގައި ވަކިން ޖަމާޢަތް ހަދައިގެން އެތައް އަހަރެއް ވަންދެން ދިޔަކަންކަން ނިމުމަކަށް ގެނެވުނުކަމަށް ޝަހީމް ވިދާޅުވިއެވެ.
މި ޓުވީޓަށް ރައްދު ދެއްވާ ޑރ މުހައްމަދު އިޔާޒު އެންސީއައިޓީ ޓެގް ކުރައްވާ ވދާޅުވީ, އިސްލާމީ މަންހަޖަށްވުރެ މޮޅު އެހެން މަންހަޖެއް ނޯންނާނެ ކަމަށާއި ހައްލު ބޭނުންވާނަމަ އިސްލާމީ މަންހަޖަށް ރުޖޫއަ ވުމަށް ގޮވާލާފައެވެ.