- Advertisement -ad image

ދަފުތަރުގައި ތިބި މީހުން މާލޭ ރައްޔިތުންނަކަށް ނުވާނެ: އަސްލަމް

ad image

ގުޅުންހުރި ލިޔުންތައް

މާލެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަކީ މާލޭ ރައްޔިތުންނަކަށް ނުވާނެ ކަމަށާއި ސަރުކާރުން އަލަށް ދޫކުރާ ގޯތި ހޯދުމުގެ ފުރުސަތު އޮންނާނީ ދަފްތަރުގައި ޖައްސާފައި ތިބި މީހުންގެ ތެރެއިން ކުރިން އެއްވެސް ތަނެއްގައި ރަޖިސްޓްރީ ވެފައިވާ ނުވާ މީހުންނަށް ކަމަށް ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާ މެންބަރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ހައުސިން މިނިސްޓަރ ވިދާޅުވީ، މާލޭ ރައްޔިތުންގެ ގޮތުގައި ނިންމާފައިވަނީ މާލޭ ނޫން އެހެން އެއްވެސް ތަނެއްގައި އެއްވެސް އިރެއްގައި ރަޖިސްޓްރީވެފައި ނުވާ ރައްޔިތުންކަމަށާއި އެ ޑެފިނީޝަންގެ ތެރެއިންދާކަމަށް ވާނަމަ މާލޭ ދަފްތަރުގައި ޖެހިފައި ތިބި މީހުން އެއީ މި ޕްރޮގްރާމުގެ ބޭނުމަށް މާލެއިންދޭ ގޯތި ލިބޭނެ ފަރާތްތަކަކަށް ނުވާނެ ކަމަށެވެ.

ހައުސިން މިނިސްޓަރ ވިދާޅުވީ، މާލެ ސަރަހައްދުން ދޫކުރާ ގޯތިތަކަށް މިމަހުގެ 26 ވަނަ ދުވަހު ހުޅުވާލާނެ ކަމަށެވެ. އަދި އަސްލަމް ވިދާޅުވީ މާލެ ސަރަހައްދުގައި މިހާރު ގާތްގަނޑަކަށް ނިމިފައިވާ 1،344 ހައުސިން ޔުނިޓް އެބަހުރި ކަމަށާއި އެތަންތަނުގައި ދާދިއަވަހަށް މީހުން ދިރިއުޅެން ފެށިކަމުގެ އަޑު އިވޭނެ ކަމަށެވެ. ހަމައެއާއެކު މިވަގުތުވެސް މާލެ ސަރަހައްދުގައި 4،000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ