ހުޅުމާލޭގައި މިރޭ ހަވާ އަރުވަން ނިންމައިފިއެވެ.
އެމްއެންޑީއެފުން ބުނީ އެމްޓިސީސީން ކުރިއަށްގެންދާ “ހުޅުމާލޭ ފޭސް 2، ލޭންޑް ޓްރާންސްޕޯޓް ސޮލިއުޝަން” ގެ ރަސްމިއްޔާތުގައި މިރޭ 20:30 ގައި ހުޅުމާލޭ ފޭސް-2 ގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެކި މުނާސަބަތާއި ގުޅިގެން މާލެ ސަރަހައްދުގައި ދޭތެރެ ދޭތެރެއިން ހަވާ އަރުވައެވެ. ހަވާ އަރުވާތަން ބެލުމަށް ގިނަ ބަޔަކު އެއްވާކަން ފާހަގަ ކުރެވެއެވެ.