އެމްޓިސީސީން “ހުޅުމާލޭ ފޭސް 2، ލޭންޑް ޓްރާންސްޕޯޓް ސޮލިއުޝަން” ގެ ރަސްމިއްޔާތުގައި ކުރިއަށް ގެންދަން ރައީސް ވަޑައިގެންނެވިއިރު ހިޔާ ފްލެޓްގައި ދިރިއުޅޭ އެއްވެސް ރައްޔިތަކަށް ދައުވަތު ނުދޭ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ހިރާސް އާއި ވާހަކަދެއްކި ހިޔާ ގައި ދިރިއުޅޭ ބައެއް ފަރާތްތަކުން ބުނީ އެ ރަސްމިއްޔާތަށް ވަންނަން ދިއުމުންވެސް ފޮނުވާލީ ކަމަށެވެ. އަދި މި އިވެންޓް ކުރިއަށް ގެންދިޔައީ ހަމައެކަނި ބައެއް ވަޒީރުންނާއި އެމްޓީސީސީގެ މުވައްޒަފުން ބައިވެރިކޮށްގެން ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
ރަސްމިއްޔާތު ކުރިއަށް ގެންދިޔަ ސަރަހައްދަށް ނުވަދެވޭ ގޮތަށް ހަތިޔާރާއެކު ސިފައިން ބައިތިއްބާފައި ތިބި ކަމަށްވެސް ބައެއް ފަރާތްތަކުން މައުލޫމާތު ދިނެވެ.
ހިޔާ ފްލެޓްގައި ދިރިއުޅޭ ފަރާތްތަކުގެ ގިނަ ޝަކުވާތަކެއް ހުރި އިރު، ފްލެޓްވެރިން ހުށަހެޅި ޕެޓިޝަންތަކަށް ޖަވާބު ނުދެއްވާ ކަމަށާއި އާއްމުން ލިޔުނު ސިޓީއަކަށްވެސް އަދި މިހާތަނަށް ރައީސް އެއްވެސް ޖަވާބެއް ދެއްވާފައެއް ނުވެއެވެ.
އަދި ހިޔާ ފްލެޓްތައް ހަދަން ހަވާލުކުރުމުން ތަން ނުހަދާ ކުންފުނިތަކުގެ މައްސަލަވެސް ސަރުކާރުން ނުބަލާ ކަމަށާއި ފްލެޓަށް މީހުން ވެއްދިޔަސް ހިޔާގައި މީހުން ނޫޅޭނެ ކަމަށް ވިދާޅުވެ މިއަދާ ހަމައަށްވެސް ފްލެޓް ސަރަހައްދަށް ރައީސް ޒިޔާރަތް ކޮށްފައި ނުވާ ކަމަށް ހިރާސް އާއި ވާހަކަދެއްކި ބައެއް ފަރާތްތަކުން ބުންޏެވެ.
ފޭސްޓޫގަ އުޅޭ އެއްވެސް މީހަކަށް ދައުވަތު ނުދިނީ ކަމެއްވެގެންނޭ އެ ބަސްތަކަކީ އެތާގަ އުޅޭ އެއްވެސް އިންސާނަކު އެބަސްތަކަށް އަރާވަރަށްވުރެ މާ ބާވެފަ ހަލާކުވެފަ އަދި މާކުދި މެހިމާބުރު އަރައިގެން ދުއްވާ ވަރުގެ ބަސްތަކެއް ވީމް އަނެއްކާ ފޭސްޓޫގެ އިމާރާތްތަކުގާ އެ އުޅެނީ ހުސް ކޮތަރު ކޮތަރު ނުޖެހޭނެ ބަސް ދުއްވާކަށް ކޮތަރު އެއީ އުދުހޭ އެއްޗެއްތާ
ޢެކަމަކު ކޮންމެސް ނޫހެއްގަ ލިޔެފަ އެބަ އޮތް ހިޔާ ދޭއްގެ މީހުންގެ ޝަކުވާތައް އަޑުއަހައިފި ކަމާ ކުލި ކުޑަކޮށްދޭނެ ކަމާ ދެންވެސް ހުރި ކަންތައް ތަކަށް
ޙައްލުބގެނެސް ދޭނެ ކަމަށް. މަވާ ހީކުރީ ހިޔާ ދޭއްގެ މީހުންވެސް ބައްދަލު ވުމުގައި ބައިވެރިކޮށް އެމީހުންގެ ހުށަ ހެޅުންތައް އެތަނުގަ އަޑު އެއްސެެވީ ކަމަށް. ފައިސާ ބަހާ ނޫސްތަަކުން ދޮއްތަ އެފަދަ ޚަބަރު ގެނެސް ދެނީ