- Advertisement -ad image

ސަފާރީއެއްގައި ރޯވެ އަޑިއަށް ގޮސްފި

ad image

ގުޅުންހުރި ލިޔުންތައް

ކ.ގާފަރާ ދިމާ 13 މޭލު ހުޅަނގުން، 9 މީހުންނާއެކު ދަތުރުކުރި “އަވި” ނަމަކަށް ކިޔާ ސަފާރީއެއްގައި ރޯވެ ސަފާރީ އަޑިއަށް ގޮސްފިއެވެ. އެމްއެންޑީއެފުން ބުނީ މިކަމުގެ މަޢުލޫމާތު ލިބުމުން ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ފަޔަރު ލޯންޗާއި، ހާބަރކްރާފްޓް އަދި ސީ އެމްބިއުލާންސް، މީހުން ސަލާމަތްކުރުމަށް އެތަނުގައި ހަރަކާތްތެރިވި ކަމަށެވެ.

އަދި މި ހާދިސާގެ ރިޕޯޓް އެމްއާރުސީސީއަށް ލިބުނީ ޖޫން 16 ދުވަހުގެ ރޭ 22:51 ހާއިރު ކަމަށާއި ހާދިސާ ހިނގިއިރު އެ ސަފާރީގައި ތިބީ 3 ފަތުރުވެރިންނާއި 6 ފަޅުވެރިން ކަމަށެވެ.

ރޯވި ސަފާރީ އަޑިޔަށް ގޮސްފައިވާތީ ކޯސްޓްގާޑު ހާބަރކްރާފްޓާއި ފަޔަރު ލޯންޗު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމަށްވެސް އެމްއެންޑީއެފުން ހާމަކުރެއެވެ. ޑައިވިންގ ދޯނީގައިތިބި މީހުންގެ ތެރެއިން 3 ފަތުރުވެރިންނާއި ސަފާރީގެ ފަޅުވެރިއަކު ކޯސްޓްގާޑު ސީއެމްބިއުލާންސްއަށް ނަގައި ރޭ 1 ޖަހާކަންހާއިރު ކ.ގާފަރަށް ވަނީ ގެންގޮސްދީފައެވެ. .

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ