- Advertisement -ad image

ރަސޫލާ އަށް ފުރައްސާރަ ކުރުމަކީ ދީނީ މައްސަލައެއް އެއީ އެއްވެސް އިސްލާމަކު ގަބޫލުކުރާނެ ކަމެއް ނޫން: ރައީސް ޔާމީން

ad image

ގުޅުންހުރި ލިޔުންތައް

ރަސޫލާ އަށް ފުރައްސާރަ ކުރުމަކީ ދީނީ މައްސަލައެއް ކަމަށާއި އެކަމަކީ އެއްވެސް އިސްލާމަކު ގަބޫލު ކުރާނެ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. ނަބިއްޔާގެ ދިފާއުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މާތް ނަބިއްޔާއަށް ފުރައްސާރަ ކުރުމަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއް ގަބޫލު ކުރާނެ ކަމެއް ނޫން ކަމަށާއި، އެފަދަ އަމަލުތައް ކުރުމަށް ކުރިޔަށް އޮތްތާނގައިވެސް ޖާގައެއް ނުދޭ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީގެ އިސްވެރިންތަކެއް އަހަރުމެންގެ ރަސޫލާއަށް ފުރައްސާރަ ކުރުމުންވެސް ވަގުތުގައި އެކަން ކުށްވެރިކޮށަ ބަޔާނެއް ނެރެލަން ސަރުކާރާއެކު ތިއްބެވި ލީޑަރުންނަށް ނުކެރުނު ކަމަށެވެ. އަދި އިންޑިއާގައި ދިރިއުޅެމުންދާ މުސްލިމުންނަށް ޖެއްސުންކޮށް މުސްލިމުންގެ ގެތައް ސުންނާފަތި ކުރަމުންދިއުމަކީ ބީޖޭޕީގެ އެ އަމަލަކީ އިއްތިފާގެއް ކަމަށް ގަބޫލު ކުރަންނުޖެހޭ ހެކިތައް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އަދި އެއްވެސް މުޖުތަމައެއްގައި ބުއްދިވެރިއަކު ނުކުރާނެ ދެ ކަމެއް އޮންނަ ކަމަށާއި, އެއީ އެ ބައެއްގެ ދީނާ ބެހުމާއި ސަގާފަތަށް ފާޑު ކިއުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރޭ ކުރިއަށްގެންދިޔަ މި އެއްވުމުގައި ގިނަ ބަޔަކު ބައިވެރިވިއެވެ. ނަބިއްޔާގެ ދިފާއުގައި ޒުވާނުނަ ވަނީ އިސްނަގައިގެން ސައިކަލު ބުރެއްވެސް ކުރިއަށް ގެންގޮސްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ