- Advertisement -ad image

ތިމާއަށް ހައްގުނުވާ މުދަލެއް ކެއުމަކީ އަނގުރު އަލިފާން ކެއުންފަދަ ކަމެއް : ހުތުބާ

ad image

ގުޅުންހުރި ލިޔުންތައް


ތިމާއަށް ހައްގު ނުވާ މުދަލެއް ކެއުމަކީ އަނގުރު އަލިފާން ކެއުން ފަދަ ކަމެއް ކަމަށާއި ތަރިކަ މުދަލުގައި ޖެހެވޭ ސަބަބުތަކުގެ ތެރޭގައި އަމިއްލަ އެދުން ބޮޑުވުމާއި ދަހިވެތިކަން އިންތިހާއަށް ދިއުން ހިމެނޭ ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުތުބާގެ މައުޟޫއަކީ “ވާރުތަމުދަލަށް ރައްކާތެރިވުން” މިއެވެ.

މިއަދުގެ ހުތުބާގައި ވަނީ ތަރިކަ މުދަލަށް އަރައިގަނެވޭ ސަބަބުތަކުގެ ތެރޭގައި އީމާންކަން ބަލިކަށިވުން ހިމެނޭއިރު ނަމާދު ކުރިއަސް، ރޯދަހިފިއަސް، ގުރުއާން ކިޔަވައި އުޅުނަސް، ތަރިކަ މުދަލަށް އަރައިގަންނަ މީހަކީ އޭނާގެ އީމާންކަން ބަލިކަށި މީހެއް ކަމަށް ބުނެފައިވެއެވެ.
އަދި އެއީ الله ގެ ދުޝްމަނުންނާ އެއްފަދަ ބައެއް ކަމަށާއި ތަރިކަ މުދާ ނުހައްގު ގޮތުގައި ކާމީހަކީ ދުލުން އެހެން ނުބުންޏަސް އަމަަލުން އެހެން ބުނާ މީހެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

“ވާރުތަވެރިޔާ ދޫކޮށްފައިދާ ތަރިކަ މާތްالله އަންގަވާފައިވާ ގޮތަށަ ބެހުމަށް އަވަސްވެ ގަންނާށެވެ! ތަރިކަ މުދާ ބެހުމަށް އަވަސްވެ ގަތުމަކީ ގާތްްތިމާގެ ކަމުގެ ގުޅުން ހަރުދަނާވާނެ ކަމެކެވެ. މިގުޅުން ދެމި އޮތުމުގައި އެހީވެދޭނެ ކަމެކެވެ” ހުތުބައިގާވެއެވެ.
ތަރިކަ މުދަލާއި ބެހޭގޮތުން އިިލްމްވެރިން ވިދާޅުވެފައިވާ ބަސްފުޅުތަކަށަ ބަލައިލުމުން ވާރިސުންނަށް ތަރިކަ މުދަލުން ލިބޭ މިންވަރު ތަފާތުވަނީ އަންހެން ފިރިހެން ވެގެނޫންކަން އެނގެން އެބައޮތެވެ. ތަރިކަ މުދަލާ ބެހޭ މައްސަލަތައް ދިރާސާކުރާ ފަރާތްތަކުގެ ހުލާސާއަށް ބަލާއިރު ފިރިހެނަކަށް ލިބޭ މިންވަރަށްވުރެ ދެބައިކުޅަ އެއްބައި އަންހެނަކަށް ލިބެނީ އެންމެ ހަތަރު ހާލަތުގައެވެ. މި ހަތަރު ހާލަތަށްވުރެ މާގިނަ ހާލަތްތަކުގައި އަންހެނާއަށާއި ފިރިހެނާއަށް ލިބޭ މިންވަރު އެއްވަރުވެފައިވެއެވެ. އަދި ދިހަވަރަކަށް ހާލަތުގައި ފިރިހެނާއަށްލިބޭ މިންވަރަށްވުރެ އަންހެނާއަށް ލިބޭ މިންވަރު އިތުރުވެފައިވެއެވެ. ތިރީހަކަށް ހާލަތުގައި ފިރިހެނާ އަދި އަންހެނާއަށް ލިވޭ މިންވަރު އެއްވަރުވެ ނުވަތަ އަންހެނާއަށް ލިބޭ މިންވަރު އިތުރުވެ ނުވަތަ އަންހެނާއަށް ލިބި ފިރިހެނާއަށް ނުލިބެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ