- Advertisement -ad image

މިވެރިކަން ބަދަލުކުރާނީ ވޯޓުން: އާދަމް ޝަރީފު

ad image

ގުޅުންހުރި ލިޔުންތައް

ހިނގަމުންމިދާ އެމްޑީޕީގެ ސަރުކާރު ބަދަލުކުރާނީ ވޯޓުން ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް ނަޝީދު އިގުތިސާދީ ގޮތުން ފާޅު ކުރައްވަމުން ގެންދަވާ ހިޔާލުފުޅުތަކަށް ފިނޭންސް މިނިސްޓަރ އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ރައްދު ދެއްވުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި އާދަމް ޝަރީފު ވިދާޅުވީ، ސްކޫލްތައް ރަހުނުކޮށް، ލޯނު ނަގައިގެން ސަރުކާރުގެ ރިކަރަންޓް ހަރަދުތަކަށް ހޭދަ ކުރާ ކަމާއި ކުންފުނިތައް ބަންގުރޫޓު ވާއިރުވެސް ބޭކާރު ދަތުރުތައް ކުންފުނިތަކުން ކުރާ ވާހަކަދެއްކުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ.

ދަރަނި ރީސްޓްރަކްޗާ ނުކޮށް ރާއްޖެއަށް އަރައިގަނެވެން ނެތް ކަމަށް ނަޝީދު ވިދާޅުވަމުން ގެންދާތީ ފައްޔާޒް އެދިވަޑައިގަތީ، ހަގީގަތް ރަނގަޅަށް ބެއްލެވުމަށްފަހު އޭގެ މައްޗަށް ވާހަކަ ދެއްކެވުމަށެވެ. ރާއްޖޭގެ އިގްތިސާދާ ގުޅޭ މައުލޫމާތު ސާފުކޮށް ފެންނަން ހުރިއިރު، އެއާ މާދުރު ވާހަކަތަކަކުން އިދިކޮޅު ޕީޕީއެމުން ސިޔާސީ ފައިދާއަށް ކުރާ ކަންކަމަށް ހިތްވަރު ނުދިނުނަށް ފައްޔާޒު އެދިވަޑައިގަތެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ