- Advertisement -ad image

ކަމާބެހޭ ފަރާތްތަކުން ހޯޕް ފޯ ވުމަންގެ މެންބަރުންނަށް ފިޔަވަޅު އަޅަންޖެހޭ: ޝެއިހު ލަތީފު

ad image

ގުޅުންހުރި ލިޔުންތައް

ކަމާބެހޭ ފަރާތްތަޖުން ހޯޕް ފޯ ވުމަންގެ މެންބަރުންނަށަ ފިޔަވަޅު އަޅަންޖެހޭ ކަމަށް ޝެއިހު މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.

އިސްލާމްދީނުގައި ކަނޑައެޅިފައިވާ ހުކުމްތަކަކީ އަންހެނުން ނިކަމެތިކުރާ ހުކުމްތަކެއްކަމަށް ހޯޕް ފޯ ވުމެން ޖަމްއިއްޔާއިން 2017 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ބުނެފައިވާ މައްސަލައެއް ފެންމަތިވެފައިވަނީ މިއަދުއެވެ.

އެ ރިޕޯޓުގައި އިސްލާމް މާއްދާގެ ޓެކްސްޓު ފޮތުގައި ހުރި ކަންކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ. އެގޮތުން އިބްތިދާއީ މަރުހަލާގެ ފޮތްތަކުގެ ތެރެއިން ގުރޭޑު ހަތަރެއްގެ ފޮތުގައި ޖަމާއަތުގެ ނަމާދުގައި އަންހެނުން ތިބެންޖެހެނީ ފަހަތު ސަފުތަކުގައި ކަމަށް ބުނެފައިވުމަކީ އަންހެނުން ނިކަމެތިކުރާ ކަމެއްގެ ގޮތުގައި އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މިކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ޝެއިހު ލަތީފު ވިދާޅުވީ، ކާއިނާތުގެ ނެތުމުގެ ތެރެއިން ހައްދަވާ ހުރިހާ ނިޢުމަތްތަކެއް ދެއްވި އަޅުތަކުންނަ ޝަރްޢުކުރެއްވުމުގައި ޙަކީމު ވަންތަ، ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ ޝަރްޢުފުޅުތަކަށް ފާޑުކިޔައި ގޮންޖަހަން ހޯޕް ފޯ ވުމެން ޖަމްއިއްޔާ ގަނޑަކީ ކޯންޗެއް ކަމާމެދު ސުވާލު އުފައްދާފައެވެ.

އަދި ހޯޕް ފޯ ވުމަން އަކީ ޝައިޠާނާ ހާލި ހަދައި ބިސްއަޅައި ފިޔޮއް ކޮށްޓާ އެސޮރުގެ ދަލުގައި ޖައްސާފައިވާ ލާދީނީ ބައިގަނޑެއް ކަމަށާއި ކަމާ ބެހޭ ފަރާތްތަކުން އެބައިގަނޑަށް ވަގުތުން ވަގުތަށް ފިޔަވަޅު އެޅުމަށްވެސް ގޮވާލާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ