- Advertisement -ad image

ބާ އިމްތިހާނު ފަސްކުރުމަށް އެދި ރައްޔިތުން މަޖިލީހަށް ހުށަހަޅައިފި

ad image

ގުޅުންހުރި ލިޔުންތައް

ބާ ކައުންސިލުން ބޭއްވުމަށް ތާވަލްކޮށްފައިވާ ބާ އިމްތިހާނު ފަސްކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

މި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ އެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޢުނީ އެވެ.

ބާ އިމްތިހާނު ފަސްކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ ޤާނޫނު ނަމްބަރު 05/2019 (ދިވެހި ރާއްޖޭގެ ފަންނީ ޤާނޫނު) އިސްލާހު ކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ ދަނޑިވަޅެއްގައި އިސްލާހާ މެދު ވަކި ގޮތެއް ނުނިމެނީސް އިމްތިހާނު ތާވަލް ކުރުމުންނެވެ. މުޢުނީ ހުށަހެޅުއްވި މައްސަލާގައި ވަނީ މިކަމާއި ގުޅިގެން ބާ ކައުންސިލްގެ އެގްޒެޓިވް ކޮމިޓީއަށް އިންތިހާބު ވެފައިވާ ދެ މެމްބަރުން އަދި މި އިމްތިހާނަށް ޝަރުތު ހަމަވާ ފަރާތްތަކުން ރައްޔިތުން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ހިތްހަމަނުޖެހުން ފާޅުކޮށްފައި ވާކަމަށް ވިދާޅުވެފަ އެވެ.

ބާ އިމްތިހާނުގެ ފީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވަނީ 10،000 ރުފިޔާ އެވެ. ނަމަވެސް މި އަދަދު ރާއްޖޭގެ އރވްރެޖް އާމްދަނީ އާ އަޅާބަލާއިރު ބޮޑުކަމުން ޝަކުވާ ލިބުފައިވާ ކަމަށް މި މައްސަލައިގައި ބުނެފައި ވެއެވެ. އަދި ގިނަ ބަޔަކު ވަނީ މި ފީ ނުދެއްކިގެން މި އިމްތުހާނުގައި ބައިވެރިވުމަށް އުޒުރުވެރު ވެފައެވެ.

ބާ އިމްތިހާނު ބޭއްވުމަށް ތާވަލްކޮށްފައި ވަނީ މިމަހު 25 ގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ