- Advertisement -ad image

ހުޅުމާލެ ހޮސްޕިޓަލުގެ ފާރުގައި ކާރެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ad image

ގުޅުންހުރި ލިޔުންތައް

ހުޅުމާލެ ހޮސްޕިޓަލުގެ ފާރުގައި ކާރެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ރޭ 12:10 އެހާއިރު ހިނގި މި އެކްސިޑެންޓްގައި ކާރު އަރައިފާވަނީ ހުޅުމާލެ ހޮސްޕިޓަލް އެމެޖެންސީ ގޭޓް އިންނަ މަގުގައި ހުންނަ ފާރަށެވެ. ނުރައްކާތެރި މި އެކްސިޑެންޓްގައި ކާރު ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ. މަންޒަރު ދުއްމީހަކު ބުނީ ކާރު މަގުން ދުއްވާފައި އަންނަނިކޮށް ފްލެޓްތައް ތެރެއިން ނިކުން ސައިކަލަކުން ނައްޓަން ހިފާލި ވަގުތު ކޮންޓްރޯލް ނުވެގެން ގޮސް ހުޅުމާލެ ހޮސްޕިޓަލުގެ ފާރަށް އެރީ ކަމަށެވެ.

މިއެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ. ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގި އިރު ކާރު އަދި ސައިކަލު ދުއްވަން ތިބި ދެ މީހުނަކީވެސް ލައިސެންސް އޮންނަ މީހުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

2 ޚިޔާލު

  1. މި ލިޔުން ތެރިއާ އަށް :- (ކާރު އަރައިފި) މީ ރަގަޅު ގޮތެއްނޫ. ފާރެއްގަ ޖެހި ނުރައްކާ ތެރި ،،،،،،،

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ