މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު ގަލޮޅު ދަނޑަށް މިއަދު ވަން މީހުން ބޭނުންކުރި ބައެއް އާލާތްތައް ނެރުނީ ޕީޕީއެމްގެ އޮފީހުންކަން އެނގިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއަދު ހެނދުނު ނެޝަނަލއ ސްާތޭޑިއަމްގައި ކުރިއަށް ގެންދިޔަ ހަރަކާތަށް ހުރަސް އަޅައި ހަރަކާތުގައި ބައިވެރިވި ބޭރުގެ ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުން އަދި އާއްމުންގެ މީހުންނާއި ދެކޮޅަށް ބިރުވެރިކަން އުފެދޭ ގޮތަށް އެތަނަށް ބަޔަކު ވަދެގަނެ، ބައެއް މީހުންނަށް ހަމަލާދީ ތަކެއްޗަށް ގެއްލުންދީފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުންގެ އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުން ކސމަށެވެ.
އަދި މި އަމަލު ހިންގުމުގައި ބައިވެރިވި މީހުންގެ މައްސަލަ ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތް ފުލުހުން ދަނީ ކުރަމުން ކަމަށްވެސް ބުނެފައިވެއެވެ. މީގެ އިތުރުންވެސް މިހާދިސާ ހިނގުމަށް މެދުވެރިވި ސަބަބުތައް ބަލައި ދިވެހި ފުލުހުންގެ ހިދުމަތުން ރެސްޕޮންާޑް ކުރިގޮތުގެ އިންޓަރނަލް ރިވިއުއެއް ކުރާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.