- Advertisement -ad image

ޔޯގާ ދުވަސް ފާހަގަކުރުން: މިއަދު ހިންގި ހަރަކާތުގައި އިދިކޮޅުގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ: އަދުރޭ

ad image

ގުޅުންހުރި ލިޔުންތައް

ބައިނަލް އަގުވާމީ ޔޯގާ ދުވަހާއި ގުޅިގެން މިއަދު ޔޫތު މިނިސްޓްރީން ހިންގި ހަރަކާތުގެ ތެރެއަށް ވަން މީހުން ބޭނުންކުރި އާލާތްތައް ނެރުނީ ޕީޕީއެމްގެ އޮފީހުން ކަމަށް ފުލުހުން ބުނި ބުނުމަކީ ހަގީގަތެއް ނޫން ކަމަށް ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

ގަލޮޅު ދަނޑުގައި މިއަދު ހިނގު ހަމަނުޖެހުމާއި ގުޅިގެން ނެރުނު ބަޔާނެއްގައި ފުލުހުން ވިދާޅުވީ، ޔޯގާ ހަރަކާތާ ދެކޮޅަށް އެއްވި މީހުން ބޭނުންކުރި ބައެއް އާލާތްތައް ނެރެފައިވަނީ އިދިކޮޅު ޕީޕީއެމްގެ އޮފީސް ތެރެއިން ކަމަށެވެ.

ނަމަވެސް އިދިކޮޅު ފަރާތްތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، މިއަދުގެ އެ ހަރަކާތުގައި އެ ކޯލިޝަންގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށާއި އެ ކޯލިޝަނުން އަބަދު ވެސް ހަރަކާތްތައް ހިންގަނީ ދުރާލާ ރާވައި، އިއުލާނުކޮށް، ފުލުހުންނަށް މައުލޫމާތު ހިއްސާ ކުރުމަށް ފަހުގައި ކަމަށެވެ.

އަދުރޭ ވިދާޅުވީ، ގަލޮޅު ދަނޑުގައި ހެނދުނު 6:30 ހާއިރު ޔޯގާ ހަރަކާތް ފެށެން އުޅުނުއިރު ހަމަނުޖެހުން ހިނގުމުން، ފުލުހުން އެކަމަށް ތައްޔާރުވެފައި ނެތުމުން ދޭހަވީ ސަރުކާރު ފެއިލްވެފައިވާ މިންވަރު ކަމަށެވެ.

އަދި މީގެ ކުރިންވެސް އިދިކޮޅުން ރާވައި ހިންގާ ހަރަކާތްތަކުގައި ހަމަނުޖެހުން ހިންގަފާނެ ކަމަށް ބުނެ، ފުލުހުން އިދިކޮޅުގެ ހަރަކާތްތައް އެތައް ފަހަރެއްހެ މަތިން ހުއްޓުވައި، ޕީޕީއެމްގެ އޮފީސް ކުރިމަތީގައި ފޯރިމަރާފައިވާކަން އަދުރޭ ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ