- Advertisement -ad image

ބާ އިމްތިހާނު ފަސްކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

މި މަހު 25ގައި ބޭއްވުމަށް ހަމަޖެހިފައިވާ ބާ އިމްތިހާނު ފަސްކޮށްފައިވާ ކަމަށް ބާ ކައުންސިލުން ބުނެފި އެވެ.

ބާ އިމްތިހާނު ފަސްކޮށްފައި މިވަނީ އެ ކައުންސިލްގެ އެގްޒެކްޓިވް ކޮމިޓީގެ ދެ މެމްބަރުން އަދި އިމްތިހާނުގައި ބައިވެރިވށ ފަރާތްތަކުން އިމްތިހާނު ފަސްކޮށްދިނުމަށް އެދިފައިވަނިކޮށެވެ. ސަބަބަކީ ޤާނޫނު ނަމްބަރު 05/2019 (ދިވެހި ރާއްޖޭގެ ފަންނީ ޤާނޫނު) އިސްލާހު ކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ ދަނޑިވަޅެއްގައި އިސްލާހާ މެދު ވަކި ގޮތެއް ނުނިމެނީސް އިމްތިހާނު ތާވަލް ކުރުމުންނެވެ.

މިކަމާއި ގުޅިގެން އިމްތިހާނު ފަސްކޮށްދިނުމަށް އެދި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޢުނީ ވެސް ވަނީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅާަފަ އެވެ.

މިއަދު ބާ ކައުންސިލުން ނެރުނު ނޫސް ބަޔާނުގައި ބުނީ ބާ އިމްތިހާަނުގެ ބާއްވާނެ ތާރީހެއް އަބަދުވެސް ދޭން އޮންނާނީ ސަރުކާރު ބަންދު ދުވަސްތައް ނުލައި 90 ދުވަސް ކުރިއަަށް ކަމަށެވެ. ނަމަވެސް ޓައިމްލައިނަށް ދިމާވި މައްސަލައެއްގެ ސަބަބުން މި ތާރީހު ދެވިފައިވަނީ ލައިގެން ކަމަށާއި، އެހެންކަމުން ބާ އިމްތިހާނު ނޮވެމްބަރު 19އަށް ފަސްކޮށްފައި ވާ ކަމަށެވެ.

އެ ކައުންސިލުން ބުނިގޮތުގައި ބާ އިމްތިހަަނުގައި ބައިވެރިވާ ވަކީލުންނަށް އެއްބާރުލުންދިނުން ކަމަށެވެ.

ބާ އިމްތިހާނުގެ ފީ ބޮޑުކަމުން އެ ޝަކުވާ ވެސް އިމްތިހާނުގައި ބައިވެރިވި ފަރާތްތަކުން ކޮށްފައި ވެއެވެ. އަދި މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލއިގަ ވެސް މިކަން ފާހަގަކޮށްފައި ވެއެވެ. އެގޮތުން މި ފީގެ ގޮތުގައި ނަގާ 10،000 ރުފިޔާ އަކީ ރާއްޖޭގެ އރވްރެޖް އާމްދަނީ އާ އަޅާބަލާއިރު ބޮޑު އަދަދެއް ކަމަށް ވަނީ ބުނެފަ އެވެ.

ނަމަވެސް ބާ ކައުންސިލުން މިއަދު ނެރުނު ނޫސް ބަޔާނުގައި މިކަމާއި ގުޅިގެން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ