- Advertisement -ad image

ކުރިން ކުރިއަސް ފަހުން ކުރިއަސް ގޯސްވާނީ ގޯހަށް: އައްސަދު

ad image

ގުޅުންހުރި ލިޔުންތައް

ކުރިން ކުރިއަސް ގޯސް، ފަހުން ކުރިއަސް ގޯސް ވާނީ ގޯހަށް ކަމަށާއި އެދުވަހު ނުބުނެ ތިބިނަމަވެސް އެކަންވެސް ގޯސް ކަމަށް ފުޓްބޯޅައިން ރާއްޖެއަށަ ރަން މެޑަލް ހޯދައިދިން ޓީމްގެ ކެޕްޓެއިން އައްސަދު އަބުދުލް ގަނީ ބުނެފިއެވެ.

މިހާރު ހޫނުވެފައިވާ ޔޯގާޑޭ ގެ މައްސަލައާއި ގުޅޭގޮތުން އޭނާގެ ފޭސްބުކުގައި ލިޔެފައިވާ ލިޔުމެއްގައި ބުނެފައިވަނީ. ކުރިން ގޯސް ހެދިއިރު ނުބުނެ ތިބުންވެސް ގޯސް ކަމަށާއި ޔޯގާ ހަރަކާތް ހުއްޓުވަންގޮސް ޢަމަލްކުރިގޮތްވެސް ގޯސް ކަމަށެވެ.

“ ކައްޗަށް އެޅި ބިންގަލެއްގެމަތީ ދެމިތިބުންވެސް ގޯހެ، ދިވެހި ޤައުމަކީ އިސްލާމީ ޤައުމަކަށް ވާހިނދު މިޤައުމުގަ ތިއްބެވި ޢިލްމުވެރިން އެއީ ގޯސް ނުވަތަ އިސްލާމީ މުޖްތަމައެއްގަ ހުއްދަކަމެއް ނޫންކަމަށް ބުނެބުނެ އޮށްވާ އެއަޑު ނީވުންވެސް ގޯހެ، އެކަމާމެދު ވިސްނާނުލުންވެސް ގޯހެ، ޤައުމެއްގެ ރަށްޔިތުން ބައިބައިވެ އެތަނެއް ފަސާދަވެ ހަރުކަށި ޢަމަލްތައް ގިނަވެދަނީ މިފަދަ ސަބަބުތަކާ ހުރެ” އައްސަދު ބުނެފައިވެއެވެ.

އަދި ނިންމޭ ނުރަނގަޅު ނިންމުންތަކުގެ ސަބަބުން އެއްބަޔަކު ބާރުވެރިކަން ހޯދަން ކަމަށާއި، އަނެއްބަޔަކު ބާރުވެރިކަން ގެއްލި ހިނގައިދާނެތީ އުޅޭއިރު ފިތި ހަލާކުވެދަނީ ގައުމާ ރައްޔިތުން ކަމަށްވެސް އައްސަދު ބުނެފައިވެއެވެ.

އިއްޔެ ޔޯގާ ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ބަޔަކުވަދެ އެކަން ހުއްޓުވުމުން ޔޫތު މިނިސްޓަރ މަހުލޫފު ވިދާޅުވީ ރައީސް ޔާމީނުގެ ވެރިކަމުގައިވެސް މި ހަރަކާތް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ