- Advertisement -ad image

ސަރުކާރުން މަސައްކަތް ކުރަނީ ދީނީ އިލްމްވެރިންގެ އަޑު ކަނޑުވާލަން: ޝިޔާމް

ad image

ގުޅުންހުރި ލިޔުންތައް

މިސަރުކާރުން އަބަދުވެސް މަސައްކަތްކުރަނީ ދީނީޢިލްމުވެރިންގެ އަޑުކަނޑުވަން ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޔޯގާ ހަރަކާތާއި ގުޅިގެން ހިންގި ހަމަނުޖެހުމުގެ ތެރެއިން ބަޔަކު ހައްޔަރުކޮށް އަދި ޝެއިހު ނިޝާން އަދި ފަޒުލޫންގެ ދީނީ ތަގުރީރު ދިނުމުގެ ހުއްދަ ސަސްޕެންޑް ކުރުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި ޝިޔާމް ވިދާޅުވީ، ފުރައްސާރަކުރުމާ އެއްޖިންސުން ގުޅުންހިންގުމާ ޖިންސީގޯނާގެ މައްސަލަތައް ނުބެލޭ ކަމަށެވެ.

އެކަމަކު ދީނާ ޤައުމުގެ ހައްގުގައި ނިކުންނަމީހުންގެ މައްޗަށް ވަގުތުން ތަހުޤީގުހިންގާ ޓެރަރިޒަމްގެ ދަޢުވާއުފުލާ ގޮޅިޔަށްލައި ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވީ، ސަރުކާރުން ދަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަށް ކަމަށްބުނެ ގަޔާނުވާ މީހުން ހައްޔަރު ކުރަމުން ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ