- Advertisement -ad image

ޔޯގާ ހަރަކާތާއި ގުޅިގެން ހައްޔަރު ކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ޔޯގާ ހަރަކާތުގެ ތެރެއިން ހިންގި ހަމަނުޖެހުމާއި ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން ބަންދުގައި ބޭތިއްބުމަށް މުއްދަތު ޖަހާފައިވަނީ ޝައިޚް އާދަމް ނިޝާންއާއި،ހޯރަފުށީ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަދި ޕީޕީއެމްގެ ހަރަކާތު ކޮމިޓީ ޗެއަރ މުޙައްމަދު އިސްމާޢީލްގެ އިތުރުން ޕީޕީއެމްގެ އެކްޓިވިސްޓް މުހައްމަދު ރައްޒާން އަށެވެ. 

އެގޮތުން ކުރީގެ މެމްބަރު މުހައްމަދު އިސްމާޢީލާއި ޕީޕީއެމްގެ އެކްޓިވިސްޓް މުހައްމަދު ރައްޒާންގެ ބަންދަށް ފަސް ދުވަސް ޖަހާފައިވާއިރު ޝައިޚް އާދަމް ނިޝާންގެ ބަންދަށް ކްރިމިނަލް ކޯޓުން ހަތް ދުވަސް ވަނީ ޖަހާފައެވެ. މީގެ އިތުރުން ރޭ ވަނީ ޝައިޚް ފަޟްލޫން ބިން މުޙައްމަދު ވެސް ހައްޔަރު ކޮށްފައެވެ. އޭނާ ވެސް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައި ވީނަމަވެސް އޭނާގެ ބަންދާމެދު ގޮތެއް ނުނިންމައެވެ.

މިމީހުންގެ މައްޗަށް ފުލުހުން ކުރާ ތުހުމަތަކީ ޔޯގާ ހަރަކާތާއި ދެކޮޅަށަ ކުރިއަށް ގެންދިޔަ ހަމަނުޖެހުން ހިންގާ ރޭވުމާއި އެހަރަކާތާ ދެކޮޅަށް ހިބްގި ހަމަނުޖެހުމުގެ ތެރެއިން ހައްޔަރު ކުރި މީހުންގެ އަމަލުތަކަށް ހިތްވަރު ލިބޭ ގޮތަށް ސޯޝަލް މީޑިއާގައި ވާހަކަދެއްކުން ކަމަށް ބުނެފައިވެއެވެ. މި ހަމަނުޖެހުމާއި ގުޅިގެން މިހާތަނަށް 10 މީހުން ވަނީ ހައްޔަރުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ