- Advertisement -ad image

މުހައްމަދު އިސްމާއީލާ އިބްރާހީމް ރައްޒާން ވަނީ ފުރޭމްކޮށްފައި: ޕީޕީއެމް

ad image

ގުޅުންހުރި ލިޔުންތައް

ޕީ.ޕީ.އެމް ގެ ކައުންސިލް މެންބަރުން ކަމަށްވާ މުހައްމަދު އިސްމާއީލާ އިބްރާހިމް ރައްޒާން ވަނީ ފްރޭމް ކޮށްފައި ކަމަށާ މި ދެމީހުންވެސް މިހާރުން މިހާރަށް ދޫކޮށްލުމަށް ޕީޕީއެމުން ގޮވާލައިފިއެވެ.

މުހައްމަދު އިސްމާއީލާ ރައްޒާން ހައްޔަރު ކުރީ 21 ޖޫންގައި ގަގޮޅު ދަނޑުގައި ކުރިއަށް ދިޔަ ޔޯގާ ހަރަކާތަށް ވަދެ ހަމަނުޖެހުން ހިންގި މީހުންނަށް ހިތްވަރުލިބޭ ގޮތަށް ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރަމުން ގެންދިއުމުގެ އިތުރުން މި ހަމަނުޖެހުން ހިންގާ ރޭވުމުގެ ތުހުމަތުގައެވެ.

ޕީޕީއެމުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެޕަަޓީގެ ކައުންސިލް މެންބަރު އަދި ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލް އާއި ޕީ.ޕީ.އެމް ކައުންސިލް މެންބަރު އިބްރާހީމް ރައްޒާން (ޓަކީ) ކޯޓު ޢަމުރެއްގެ ދަށުން ހައްޔަރުކޮށް ބަންދުގައި ބަހައްޓާފައިވަނީ ޙަޤީޤަތާއި ޚިލާފު ދޮގު ތުހުމަތުތަކެއްގައި ކަމަށެވެ. 21 ޖޫން ވީ އަންގާރަ ދުވަހު ގަލޮލު ދަނޑުގައި ހިނގި ހަމަނުޖެހުމަކީ އެ ކޯލިޝަންގެ އަދި ކޯލިޝަންގެ މެންބަރުންނާއި އެއްވެސް ގުޅުމެއް އޮތް ޙަރަކާތަކަށް ނުވާއިރު، ސަރުކާރުން އެކަން ސިޔާސީކުރުމުގެ ބޭނުމުގައި އެ ކޯލިޝަންގެ މެންބަރުން ފްރޭމްކުރުމަކީ ވަރަށްވެސް ނާތަހުޒީބު ޢަމަލެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.


މީގެ އިތުރުންވެސް، ކުށެއް ނެތް ދީނީ ޢިލްމުވެރިން އެމީހުންގެ އަނބިންނާއި ދަރިން ކުރިމަތީ އަނިޔާވެރިކަމާއިއެކު ބުލީކޮށް ހައްޔަރު ކުރަމުން ގެންދާ ގެންދިއުންވެސް އެ ކޯލިޝަނުން ބަލައި ނުގަންނަ ކަމަށް ބުނެފައިވެއެވެ. 21 ޖޫން ގެ ހާދިސާ އާއި ގުޅުވައިގެން ހައްޔަރު ކޮށްފައިވާ ކުށެއް ނެތް އެންމެހާ ފަރާތްތައް މިހާރުން މިހާރަށް ދޫކޮށްލުމަށްވެސް ޕީޕީއެމުން ގޮވާލާފައިވެއެވެ.

21 ގައި ހަމަނުޖެހުން ހިނގަން މެދުވެރިވެފައިވަނީ، ސަރުކާރުގެ ކަމާ ބެހޭ މުއައްސާސާ ތަކުން ގަސްތުގައި އެފަރާތްތަކުގެ ޒިންމާ އަދާ ނުކުރުމުން ކަމަށް ވަރަށް ބޮޑަށް ފެންނާން އޮތުމާއެކު، އެކަމުގެ ފުރިހަމަ ތަޙުޤީޤެއް ހިންގާ އެކަމުގެ ޒިންމާ ނަގަން ޖެހޭ ފަރާތްތަކަށް ފިޔަވަޅު އެޅުމަށްވެސް ނޫސްބަޔާނުގައި ވަނީ ގޮވާލާފައެވެ.


ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ