- Advertisement -ad image

ހައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހަކީ މާތް الله މި ދުނިޔޭގައި ލައްވާފައިވާ އެންމެ މާތް ދުވަސްތައް – ހުތުބާ

ad image

ގުޅުންހުރި ލިޔުންތައް

ކުރިއަށް މިއޮތް ހައްޖުމަހަކީ މާތް اللهގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު މައްސަރަކީ ހައްޖު މަސް ކަމަށާއި، އަދި މިމަހުގެ ފުރަތަމަ ދިހަ ދުވަހަކީ މާތް الله މި ދުނިޔޭގައި ލައްވާފައިވާ އެންމެ މާތް ދުވަސްތައް ކަމަށް މިއަދުގެ ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުތުބާ ހާއްސަކޮށްފައިވަނީ ކުރިއަށް މިއޮތް ހައްޖުމަހުގެ މާތްކަމާއި މަތިވެރިކަމުގެ މައްޗަށެވެ. އެގޮތުން މިއަދުގެ ހުތުބާގައި ވަނީ މި މަސް ހާއްސަ ވެގެންދާ ސަބަބުތަކާއި އަދި ހައްޖުމަހުގައި ހެޔޮ އަމަލުތައް ގިނަކުރެވޭނެ ގޮތްތަކަށް އަލިއަޅުވާލާފަ އެވެ.

ހައްޖުމަހުގެ މާތްކަން ބަޔާންކޮށްދެއްވައި މަތިވެރި ނަބިއްޔާ ﷺ ހަދީޘް ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވަނީ “ދުނިޔޭގެ އެންމެ މާތް ދުވަސްތަކަކީ ހައްޖުމަހުގެ ދިހަ ދުވަހެވެ.” އަދި އެކަލޭގެފާނުވަނީ މި ދިހަ ދުވަހު ތަކްބީރާއި، ތަމްހީދާއި، ތަހްލީލާއި އަދި ތަސްބީހަ ކިޔުން ގިނަ ކުރުމަށް މުސްލިމުންނަށް އަމުރުކުރައްވާފަ އެވެ.

މިއަދުގެ ހުތުބާގައި ބުނެފައިވާގޮތުން ހައްޖު ދުވަހު ކުރެވެން އޮތް ހެޔޮ އަމަލުތަކުގެ ތެރެއިން އެއް އަމަލަކީ ރޯދަ ހިފުމެވެ. އަރަފާތު ދުވަހު ހައްޖުވެރިޔާ ނޫންމީހާ ރޯދަ ހިފުމަކީ ވޭތުވެދިޔަ އަހަރާއި ކުރިއަށް އޮތް އަހަރުގެ ފާފަ ފުއްސަވާނޭ ކަމެއް ކަމަށް ރަސޫލާ ﷺ ގެ ހަދީޘްގެ އަލީގައި ހުތުބާގައި ބުނެފައި ވެއެވެ.

ހައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން ބަޔާންކޮށްދެމުން ހުތުބާގައި ވަނީ މި ދުހަ ދުވަހުގެ މާތްކަމުގެ ތެރޭގައި ، މާތް الله މި މަތިވެރި އިސްލާމްދީން ފުރިހަމަ ކޮށްދިނުން ކަމަށް ބުނެފަ އެވެ. އަދި މި ދުވަސްވަރު މީސްތަކުން ބައިބަޔަށް އިސްލާމްދީނަށް ވަދެ، އިސްލާމްދީން އަރަބިކަރައަށް ފެތުރި އެކަރައިގެ ބިންތަކުން އެހެން ދީންތައް ވަނީ ފޮހެވިގެން ގޮސްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ