- Advertisement -ad image

ދީނީ އިލްމްވެރިންނާމެދުވެސް އަދުލުވެރިކޮށް އަމަލު ކުރަންޖެހޭ: ޑރ ވަހީދު

ad image

ގުޅުންހުރި ލިޔުންތައް

ދީނީ އިލްމުވެރިންނަކީވެސް ދިވެހިރައްޔިތުން ކަމަށާއި ޤާނޫނާއެއްގޮތަށް ޢަދުލްވެރިކަމާއެކު އެބޭފުޅުންނާ މެދު އަމަލުކުރެއްވުމަށް ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން އިލްތިމާސް ކުރައްވައިފިއެވެ.

ޑރ ވަހީދު މިގޮތަށް އިލްތިމާސް ކުރެއްވީ މިމަހުގެ 21 ވަނަ ދުވަހު ޔޫތު މިނިސްޓްރީން ކުރިއަށް ގެންދިޔަ ޔޯގާ ދުވަހުގެ ހަރަކާތަށް ވަދެ ބަޔަކު ހިންގި ހަމަނުޖެހުމާއި ގުޅިގެން ދީނީ އިލްމްވެރިންތަކެއް ހައްޔަރު ކުރުމުން އެކަމާ ކަންބޮޑުވުން ފާޅުކޮށް ކުރެއްވި ޓުވީޓެއްގައެވެ.

އެދުވަހުގެ ހަމަނުޖެހުން ހުއްޓުވުމަށް ފުލުހުން ކަރުނަގޭހާއި ޕެޕާ ސްޕްރޭ ބޭނުންކޮށް ވަނީ ހަ މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ފަހުން އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ޝައިޚް އާދަމް ނިޝާނާއި ޝައިޚް ފަޟްލޫން މުހައްމަދު ހިމެނެ އެވެ. މިހާތަނަށް މިމައްސަލާގައި 11 މީހުން ވަނީ ހައްޔަރުކޮށް މުއްދަތު ޖަހާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ