މި ނަޖިސް ކުޅިވަރު ކުޅެ، ފަތުރާ މީހުންގެ ކިބައިން މުޖުތަމަޢު ސަލާމަތްކޮށް ރައްކާތެރި ކުރުމަކީ ކަމާބެހޭ ފަރާތްތަކަށް ލާޒިމްކަމެއް ކަމަށް ޝެއިހު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
އަލީ ޒައިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދުނިޔެމަތީގައި ބަޔަކު ކުރާނެ އެންމެ ނަޖިސް އެއް ޢަމަލަކީ ލިވާތުކުރުން ކަމަށާއި މާތް ﷲ ވަނީ މި މައްސަލައިގައި ރަށެއް ބަންޑުން ޖައްސަވާފައި ކަމަށެވެ. އަދި އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކަށް ފިޔަވަޅު އެޅުން އަވަސްކުރުމަށް ގޮވާލަން ޒައިދު ވަނީ ގޮވާލާފައެވެ.
އިސްލާމްދީނުގައި ނިކަމެތިމީހާޔާ ބޮޑުމީހާވެސް އިންސާފުގެ ކުރިމައްޗަށް ގެންނަންޖެހޭ ކަމަށާއި ވެރިންނާ ސުވާލުވެވޭއިރު އަދިކުށްވެރިން ވަގުވަގަށް ފުރުވާލުމުގެ ޘަގާފަތްނިމުމަކަށް ގެންނަންޖެހޭ ކަމަށް ޒައިދު ވިދާޅުވެފައިވެއެވެ.
އަދި މިއީ ކޮވިޑަށްވުރެ ނުރައްކާތެރި ރާޅެއް ކަމަށާއި ބްލެކް މެއިލް ކުރެވޭނީ އަސްލުވިއްޔާ ނޫންތޯ ޒައިދު ވަނީ ސުވާލު އުފައްދަވާފައެވެ.