އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ފުލޫ ކްލިނިކްގެ ހިދުމަތް ފަށައިފިއެވެ.
އެހޮސްޕިޓަލުން ނެރުނު ނޫސްބަޔާނެއްގައި ބުނީ މިދުވަސްވަރަކީ އެ ހޮސްޕިޓަލަށް، ހުމާއި ރޯގާ ޖެހިގެން ފަރުވާހޯދުމަށްދާ ބަލިމީހުންގެ އަދަދު އިތުރުވަމުންދާ ދުވަސްވަރަކަށް ވާތީ، މިހާރު ހޮސްޕިޓަލުގެ ފުލޫ ކްލިނިކްގައި އެފަދަ ބަލިމީހުން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.
އަދި މި ކްލިނިކްގެ ހިދުމަތް ހެނދުނު 8 އަކުން ރޭގަނޑު 11 އަށް ލިބިގެންދާނެ ކަމަށްވެސް އެ ހޮސްޕިޓަލުން ހާމަކުރެއެވެ. ކޮވިޑް ކޭސްތައް އާދަޔާ ހިލާފަށް ގިނަވަމުން އަންނާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިންވެސް ވަނީ އިލްތިމާސްކޮށްފައެވެ.