- Advertisement -ad image

ބަރަހަނާ ވީޑިއޯތަކާއި ގުޅިގެން ހުށަހެޅި ކުއްލި މައްސަލަތައް އެޖެންޑާވެސް ނުކުރި

ad image

ގުޅުންހުރި ލިޔުންތައް

ސޯޝަލްމީޑިއާގެ އެކި ޕުލެޓްފޯމްތަކުގައި ލީކު ކުރަމުންދާ ސިޔާސީ މީހުންގެ ވީޑިއޯތަކާއި ގުޅިގެން އިދިކޮޅު ޕީޕީއެމުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދެ ކުއްލި މައްސަލަ ބަލައި ނުގަތުމުގެ އިތުރުން އެޖެންޑާވެސް ނުކުރުމުން މަޖިލީހުގެ މިއަދުގެ ޖަލްސާ ހޫނުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މި މައްސަލަތަކަކީ ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލަތަކަކަށް ވާތީ އެޖެންޑާ ނުކުރުމަށް ނިންމީ ކަމަށެވެ.

ނަޝީދު ވިދާޅުވީ، އެ ފޮޓޯއަދި ވީޑިއޯތަކަކީ އެކި އެކި މީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތައް ކަމަށާއި މި އެއްޗެހީގެ ސައްހަކަން ފުލުހުންނަށްވެސް ކަށަވަރު ނުވާތީ އެކަމާ މަޖިލީހުގައި ބަހުސް ކުރުމުގެ ޖާގައެއް އޮތް ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށެވެ.

މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލަ ހުށަހަޅުއްވާފައިވަނީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމެވެ.

ޝިޔާމް ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ ވަކި ފަރާތަކަށް ބެލުމެއް ނެތި މިފަދަ ވިޔާނުދާ ހަޑިމުޑުދާރު އަމަލުތައް ހިންގާ ފަރާތްތަކާމެދު އިސްލާމީ ޝަރީއަތާ ދިވެހިރާއްޖޭގެ ގާނޫނުތަކުގައިވާ ގޮތުގެ މަތިން އަދަބު ދިނުމަށާއި، މިއީ ނުރައްކާތެރި ކަމެއްގެ ގޮތުގައި ދެކި މިފަދަ މުންކަރާތައް ހުއްޓުވުމަށް ވަގުތުން ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ