ޖޫން 21 ވަނަ ދުވަހު ކުރިއަށަ ގެންދިޔަ ޔޯގާ ހަރަކާތާ ދިމާކޮށް ހިންގި ހަމަނުޖެހުމާއި ގުޅިގެން ހައްޔަރު ކުރި އިދިކޮޅު ޕީޕީއެމްގެ ކައުންސިލް މެންބަރު މުހައްމަދު އިސްމާއިލްގެ ބަންދަށް އިތުރު 9 ދުވަސް ޖަހައިފިއެވެ.
މުހައްމަދު އިސްމާއިލްގެ ބަންދަށް މީގެ ކުރިން ވަނީ ފަސް ފުވަސް ޖަހާފައެވެ. މިއީ އޭނާގެގެ ބަންދުގެ މުއްދަތު އިތުރު ކުރި ދެވަނަ ފަހަރެވެ.
މުހައްމަދު އިސްމާއިލް އާއެކު ހައްޔަރު ކުރި ޕީޕީއެމްގެ ކައުންސިލް މެންބަރު ރަޒާން ވަނީ މިއަދު ދޫކޮށްލާފައެވެ. މި މައްސަލާގައި މިހާތަނަށް 21 މީހުން ހައްޔަރު ކުރި އިރު މިހާރު ފުލުހުންގެ ހައްޔަރުގައި ތިބީ 20 މީހުންނެވެ.