- Advertisement -ad image

އިސްލާމީ ގައުމުތަކުން ދެވަނަ ވިސްނުމަކަށްދާންޖެހޭ: ޝަހީމް

ad image

ގުޅުންހުރި ލިޔުންތައް

ކޮމަންވެލްތުގައި ދެމި ތިބުމާމެދު އިސްލާމީ ޤައުމުތަކުން ދެވަނަ ވިސްނުމަކަށް ގޮސް އިނގިރޭސި ފިކުރީ އިސްތިޢުމާރު ނިމުމަކަށް ގެންނަންޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ކޮމަންވެލްތު ޤައުމުތަކުގައި އެއްޖިންސުން ގުޅުން ހިންގުން ހުއްދަކުރަން، އެކިއެކި ހަރަކާތްތައް ހިންގުމަށްޓަކައި 2.7 މިލިއަން ޕައުންޑު އެހީގެ ގޮތުގައި ދިނުމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ނިންމުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި ޝަހީމް ވިދާޅުވީ، ކޮމަންވެލްތު އުފެދިގެން އައި މަޤުޞަދާއި ޚިލާފުވަމުން ދާއިރު، ކޮމަންވެލްތުގެ ކުޑަ ދަށުގައި އިސްލާމީ ޤައުތައް އޮންނާކަން ނުޖެހޭނެ ކަމަށެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ އޮފީހުން ބުނެފައިވާގޮތުގައި އެ ފައިސާ ދޭނީ އެއްޖިންސުން ގުޅުން ހިންގުން ފެތުރުމުގެ މަސައްކަތް ކުރާ އެކްޓިވިސްޓުންނަށާއި އެއްޖިންސުން ގުޅުން ހިންގުމަކީ ހައްޤަކަށް ހެދުމަށް މަސައްކަތް ކުރާ ޖަމިއްޔާތަކަށެވެ.

2018 ވަނަ އަހަރުން ފެށިގެން އިނގިރޭސިވިލާތުން ވަނީ ކޮމަންވެލްތު ޤައުމުތަކުގައި އެއްޖިންސުން ގުޅުން ހިންގުން ފެތުރުމަށް 11 މިލިއަން ޕައުންޑު ހަރަދުކޮށްފައެވެ.

ކޮމަންވެލްތުގައި 6 އިސްލާމީ ޤައުމު އޮންނައިރު އެ ހުރިހާ ޤައުމެއްގައިވެސް އެއްޖިންސުން ގުޅުން ހިންގުމަކީ ކުށެކެވެ. އެ ޤައުމުތަކަކީ ބަންގްލަދޭޝް، ބުރުނާއީ، ގެމްބިއާ، މެލޭޝިޔާ، ޕާކިސްތާނު އަދި ދިވެހިރާއްޖެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ