- Advertisement -ad image

މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ އުވާލަން ނިންމައިފި

ad image

ގުޅުންހުރި ލިޔުންތައް

މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ސިޔާސީ ޕާޓީތަކުގެ ގާނޫނު ގެ 12 ވަނަ މާއްދާއިން ސިޔާސީ ޕާޓީއެއް ވުޖޫދުގައި އޮތުމަށް ގާނޫނު ލާޒިމުކުރާތިންހާސް މެންބަރުން ހަމަކުރުމަށް މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ އަށް އެ ގާނޫނުގެ 28 ވަނަ މާއްދާގެ ށ ގައިވާ ގޮތުގެ މަތިން 3 މަސްދުވަހުގެ މުއްދަތު ދެވި އެ މުއްދަތު 14 ޖޫންއަށް ހަމަވިއިރު ތިންހާސް މެންބަރުން އެޕާޓީއަށް ހަމަވެފައިނުވާތީ ސިޔާސީ ޕާޓީގެ ގާނޫނުގެ 30 ވަނަ މާއްދާގެ ހ ގެ އެއްވަނަ ނަމްބަރުގައިވާ ގޮތުގެ މަތިން ޕާޓީ އުވާލުމަށް އެ ކޮމިޝަނުން ވަނީ މިއަދު ނިންމާފައި ކަމަށެވެ.

އަދި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ ގެ ނަމުގައި އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގުމަށާއި ކޮމިޝަނުން އަންގާ ގޮތެއްގެ މަތިން ސިޔާސީ ޕާޓީގެ ގާނޫނުގައި ބުނާ ގޮތުގެ މަތިން ޕާޓީ އުވާލުމުގެ އިޖުރާއަތު ފުރިހަމަ ކުރުމަށް އެޕާޓީއަށް ވަނީ ލިޔުމުން އަންގާފައި ކަމަށްވެސް ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ