- Advertisement -ad image

ރައީސް ސާލިހު ދެވަނަ ދައުރަކަށް ކުރިމަތިލެއްވުން ރަނގަޅެއް ނޫން: ނަޝީދު

ad image

ގުޅުންހުރި ލިޔުންތައް

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަކީ އެމްޑީޕީއަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ އޮތް “އާސްކު ސްޕީކާ” ޕްރަގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ނަޝީދު ވިދާޅުވީ، އެމްޑީޕީން ތިންވަނަ ބޭފުޅަކަށްވެސް ފުރުސަތު ދިނުމާމެދު ވިސްނަން ޖެހޭ ކަމަށެވެ. އަދި ކުރިއަށް މިއޮތް ހަފުތާތަކުގެ ތެރޭގައި އެމްޑީޕީން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓެއްވެސް ސާފުވާނެ ކަމަށާއި އެމްޑީޕީން ރިޔާސީ އިންތިހާބުގައި ވާދަކުރާނީ ތިންވަނަ ބޭފުޅެއްތޯ މެންބަރުން ކުރާ ސުވާލުގެ ޖަވާބުވެސް ލިބިގެންދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިމޭރުމުން ވާހަކަފުޅު ދެއްކެވި އިރު ރައީސް ސާލިހު ވަނީ ރިޔާސީ ދެވަނަ ދައުރަކަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ