ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއެކު މަސައްކަތް ކުރަން ދަތި ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރ ޕާރސަން ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.
ހަސަން ލަތީފު މިރޭ ކުރި ޓުވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސިޔާސީ ހަޔާތްޕުޅުން ރައީސްއަށް ދޫކޮށްނުލެއްވުނަސް, 2023 ގެ ރިޔާސީ އިންތިޚާބުގައި ރައީސްއާއެކު މަސައްކަތް ކުރާން ދަތި ކަމަށެވެ. އަދި ލަފާކުރެވޭ ގޮތުން ރައީސް ސާލިހު އަށް އެ އިންތިޚާބު MDP އަށް ކާމިޔާބު ކޮށްދެއްވެން ނެތް ކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ.
ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަކީ އެމްޑީޕީއަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވިދާޅުވެފައެވެ.