ހުކުރުން ދުވަހުން އާދިއްތަ ދުވަހަށް އުތުރާއި މެދުރާއްޖެތެރޭގައި އާއްމު ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މެޓު އޮފީހުން ލަފާކޮށްފިއެވެ.
ކުރިއަށް އޮތް ފަސް ދުވަހަށް ލަފާކޮށް މެޓުން ނެރެފައިވާ ލިޔުމުގައި ބުނެފައިވަނީ މި ދުވަސް ތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ގުގުރާ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ވިލާގަނޑުގައި ކަނޑުތައް އިތުރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ
މީގެ އިތުރުންވެސް ހޯމަ އަދި އަންގާރަ ދުވަހު އެކި ހިސާބުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް މެޓުން ލަފާކުރެއެވެ.
އަދި ދަތުރު ކުރާ ހުރިހާ ފަރާތްތަކުންވެސް އެންމެ ފަހުގެ މައުލޫމާތު ބައްލަވާ މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސް ކުރެއެވެ.
މިދުވަސްވަރަކީ ސްކޫލްތަކުގެ ބޮޑު ޗުއްޓީގެ އިތުރުން އީދު ބަންދާ ދިމާކޮށްވެސް ގިނަ ބަޔަކު ރާއްޖޭގެ ރަށްތަކަށަ ދަތުރު ކުރަމުންދާ ދުވަސްވަރެކެވެ. މިއަހަރުގެ ބޮޑު އީދު ދުވަހަކީ 9 ޖުލައިވާ ހޮނިހިރު ދުވަހެވެ.