- Advertisement -ad image

އަނިޔާވެރި އަމަލެއް ހިންގިކަން ސާބިތު ނުވާހާ ހިނދެއްގައި ހައްޔަރުކޮށްގެން ގެންގުޅުމަކީ އިސްލާމީ ޝަރީއާއާއި ގާނޫނުގެ ރޫހާ ހިލާފުކަމެއް: ޝަހީމް

ad image

ގުޅުންހުރި ލިޔުންތައް

އަނިޔާވެރި އަމަލެއް ހިންގިކަން ސާބިތު ނުވާހާ ހިނދެއްގައި ހައްޔަރުކޮށްގެން ގެންގުޅުމަކީ އިސްލާމީ ޝަރީއާއާއި ގާނޫނުގެ ރޫހާ ހިލާފުކަމެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް ވިދާޅުވީ، ހައްޔަރުކޮށްފައިވާ ދެ ޢިލްމުވެރިން ކަމުގައިވާ ޝައިޚު އާދަމް ނިޝާންއާއި ޝައިޚު ފަޟްލޫނު މިނިވަންކުރަން ގޮވާލަން، އަނިޔާވެރި ޢަމަލެއް ހިންގިކަން ސާބިތުނުވާހާ ހިނދެއްގައި ހައްޔަރުކޮށްގެން ގެންގުޅުމަކީ އިސްލާމީ ޝާރީޢާއާއި ޤާނޫނުގެ ރޫޙާ ޚިލާފުކަމެއް ކަމަށެވެ.

އަދި ޔޯގާޑޭގެ ޙާދިސާއާ ގުޅިގެން ޤާނޫނާ ޚިލާފު ޢަމަލު ހިންގި ފަރާތްތަކަކީ ކޮބައިކަން ދެނެގަތުމަށް އެ ޙާދިސާގެ އިންޞާފުވެރި ފުރިހަމަ ތަޙުޤީޤެއް ހިންގުން މުހިންމުކަމުގައި ޝަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަހީމް ވަނީ ޤައުމުގެ އިޖުތިމާޢީ ފޭރަން ވީދަމުންދާ ލިވާތުބާގައިގެ މީހުން ފިނި ކޮޓަރީގައި ތިބެފަ، ކުށެއް ސާބިތުނުވާ ދީނީ ޢިލްމުވެރިން ވާ ނުވާގައި ޖަލު ބަންދުގައި ބައިތިއްބަންޖެހެނީ ކޮން ޢަދުލުވެރިކަމަކުންތޯ ސުވާލު ކުރައްވާފައެވެ. ހައްޔަރު ކޮށްފައިވާ ޝެއިހު ނިޝާން އަދި ފަޒުލޫންގެ ބަންދުގެ މުއްދަތު ތިން ފަހަރެއްގެ މަތިން ވަނީ އިތުރުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ