- Advertisement -ad image

 އިންޑިއާގެ ނުފޫޒުގައި ޖެހި ރާއްޖޭގެ މިނިވަންކަން ނާގާލިއެއްވެސް ހާއިނެއްގެ ފަހަތަށް ޕީޕީއެމްއިން ނާރާނެ: އިދިކޮޅު

ad image

ގުޅުންހުރި ލިޔުންތައް

 އިންޑިއާގެ ނުފޫޒުގައި ޖެހި ރާއްޖޭގެ މިނިވަންކަން ނާގާލިއެއްވެސް ޚާއިނެއްގެ ފަހަތަށް ނާރާނެ ކަމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

އެ ކޯލިޝަނުން ބުނީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލިޔަސް، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހީމަށް ތާއިދު ނުކުރާނެ ކަމަށެވެ.

ރިޔާސީ އިންތިހާބު ބޯމަތިވަމުން އަންނައިރު، ރައީސް ޔާމީނަށާއި އިދިކޮޅަށް ތާއިދުކުރާ ފަރާތްތަކުގެ ހިތްތަކުގައި ނުތަނަވަސްކަން އުފައްދައި، ބައެއްގެ ސިޔާސީ ކުރިމަގު ބަނަކުރުމުގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްގެންދާ ކަމަށާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ކުރާ މި މަސައްކަތުގައި އެންމެ އިސްކޮށް ހުންނެވީ ޖޭޕީގެ ލީޑަރު ގާސިމް އިބުރާހިމް ކަމަށް ޕީއެންސީގެ ރައީސް އަދުރޭ ވިދާޅުވިއެވެ.

އަދި އޭނާ ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި އެމަނިކުފާނުގެ ނަންފުޅު އޮންނާނެ އެވެ. ވޯޓު ކަރުދާސްކޮޅުގައި ރައީސް ޔާމީންގެ ނަން ބޭއްވިޔަ ނުދިނުމަށްޓަކައި މި ސަރުކާރާއި ކޯލިޝަންގެ ލީޑަރުން ކުރަމުންދާ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ