ފުލުސްމީހާ ހިމެނޭ ވީޑިއޯގެ މައްސަލާގައި ތުހުމަތު ކުރެވޭ ފުލުސްމީހާ ހުރީ މުސާރަ ނުލިބޭ ގޮތަށް ވަޒީފާ އިން ސަސްޕެންޑްކޮށްފައި ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންބުނީ ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ފުލުހަކު ހިމެނޭ ވީޑިއޯއަކާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުންގެ ކަމާބެހޭ ބަހާތަކުން ބަލަމުންދާ ކަމަށެވެ.
އަދި އެގޮތުން މިމައްސަލައިގަ ޖިނާއީ ތަހުގީގުގެ އިތުރުން އަހުލާގީ މައްސަލަ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑްއިން ބަލަމުންދާއިރު ތުހުމަތު ކުރެވޭ ޕޮލިސް އޮފިސަރު ހުރީ މުސާރަ ނުލިބޭގޮތަށް ވަޒީފާއިން ސަސްޕެންޑްކޮށްފައި ކަމަށެވެ.
މީގެ އިތުރުންވެސް މައްސަލައިގެ ޖިނާއީ ތަހުގީގުގައި ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަ ކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ފުލުހުން ހާމަކުރެއެވެ.