- Advertisement -ad image

މާލެ ސަރަހައްދުގެ ބޮޑު ޖަމާއަތުގެ އިތުރުން 32 މިސްކިތެއްގައި އީދު ނަމާދު ކުރާނެ

ad image

ގުޅުންހުރި ލިޔުންތައް

މިއަހަރުގެ އަޟްޙާ ޢީދު ނަމާދު، މާލެ ސަރަޙައްދުގައި ބޮޑު ޖަމާޢަތުގައި ކުރާތަންތަނުގެ އިތުރުން މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގެ މިސްކިތްތަކުގެ ތެރެއިން 32 މިސްކިތެއްގައި ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

1443 ވަނަ އަހަރުގެ އަޟްޙާ ޢީދު ދުވަހަކީ، 09 ޖުލައި 2022 ވާ ހޮނިހިރު ދުވަހެވެ.

މާލޭ ސަރަޙައްދުގައި، އަޟްޙާ ޢީދު ނަމާދުކުރުމަށްޓަކައި، އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިނިސްޓްރީންވަނީ ވަކި މިސްކިތްތަކާއި މައިދާންތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން މާލޭ ސަރަޙައްދުގައި އަޟްޙާ ޢީދުގެ ބޮޑު ޖަމާޢަތް ހެދުމަށްޓަކައި ތިން މައިދާނެއް ހަމަޖައްސާފައިވެއެވެ. އެއީ މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަޙައްދާއި، ވިލިމާލޭ ފުޓްބޯޅަދަނޑު އަދި ހުޅުމާލޭގެ ސްޓޭޑިއަމް ސަރަޙައްދެވެ. މީގެ އިތުރުން މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގެ މިސްކިތްތަކުގެ ތެރެއިން މި މިސްކިތްތަކެއްގައިވެސް އަޟްޙާ ޢީދު ނަމާދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

  • މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް
  • މަސްޖިދު މަލިކި ސަލްމާން
  • މަސްޖިދުއް ސުލްޠާން މުޙައްމަދު ބިން ޢަބްދިﷲ
  • މަސްޖިދުލް ފުރްޤާން
  • މަސްޖިދުއް ނޫރު
  • މަސްޖިދުއް ޝަހީދު ޢަލީ
  • މަސްޖިދުއް ސުލްޠާން ޙަސަން ޢިއްޒުއްދީން
  • މަސްޖިދުއް ސުލްޠާން މުޙައްމަދު ފަރީދުލް އައްވަލް
  • މަސްޖިދުއް ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)
  • މަސްޖިދުއް ސުލްޠާން މުޙައްމަދު ޝަމްސުއްދީން
  • މަސްޖިދު ޞަލާޙުއްދީން
  • މަސްޖިދު ޖަލާލުއްދީން
  • މަސްޖިދު އިބްރާހީމް (އިބްރާހީމީ މިސްކިތް)
  • މަސްޖިދު އިސްކަންދަރު
  • ވަގުތީ މިސްކިތް (ބޮޑުގެ)
  • މަސްޖިދުއް ސުލްޠާން މުޙައްމަދު ޢިމާދުއްދީން
  • މަސްޖިދުއް ޝައިޚް މުޙައްމަދު ޖަމީލްދީދީ
  • މަސްޖިދު ޢަފީފުއްދީން
  • ޒިޔާރަތް މިސްކިތް
  • މަސްޖިދުލް ބިއްރި (ވިލިމާލެ)
  • މަސްޖިދުއް ޝައިޚް ޤާސިމް ބިން މުޙައްމަދު އާލް ޘާނީ (ހުޅުމާލެ)
  • ހުޅުމާލެ ވަގުތީ މިސްކިތް (ނޭބަރހުޑް 3)
  • މަސްޖިދު އަބީބަކްރިނިއް ޞިއްދީޤު (ހުޅުމާލެ ފޭސް 2)
  • މަސްޖިދު ޢުޘްމާނު ބިން ޢައްފާން (ހުޅުމާލެ ފޭސް 2)
  • މަސްޖިދު އަމީލް ޖަލީލް (ހުޅުމާލެ ފޭސް 2)
  • މަސްޖިދުއް ސަބީލް (ހުޅުލެ)
  • މަސްޖިދުލް އިންތިޞާރު (ހުޅުލެ)

މޫސުން ގޯސްވުމުގެ ސަބަބުން ޢީދުގެ ބޮޑު ޖަމާޢަތް ހެދުމަށް ކަނޑައެޅިފައިވާ 3 ސަރަޙައްދުގައި، ޢީދުގެ ބޮޑު ޖަމާޢަތް ނުބޭއްވޭ ފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ، ޢާންމު ގޮތެއްގައި މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ހުކުރު ނަމާދު ކުރެވޭ ހުރިހާ މިސްކިތްތަކެއްގައި ޢީދު ނަމާދުކުރެވޭނެ ކަމަށްވެސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ