ބައިނަލްއަގުވާމީމ ޔޯގާ ޑޭ ފާހަގަ ކުރަން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތުގެ ތެރެއިން ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކޮށްފައި ތިބި މީހުން ތިބި ކަސްޓޯޑިއަލް އަށް އިންޑިއާގެ އޮފިޝަލުން ނުވަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ޖޫން 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ހިންގި ހަމަ ނުޖެހުންތަކާއި ގުޅިގެން ހައްޔަރު ކުރި މީހުން ބަންދުގައި ބައްތިއްބާފައި ތިބި ކަސްޓޯޑިއަލްއަށް އިންޑިއަން ހައިކޮމިޝަންގެ އޮފިޝަލުން ވަން ކަމަށް ބުނެ ބަންދުގައި ތިބި މީހުންގެ ވަކީލުންނާއި ހަވާލާދީ ދެކެވޭ ވާހަކަތަކުގެ އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ
އަދި މިއީ ފުލުހުންގެ މުއައްސަސާގެ ތަސައްވުރު ކިލަނބުވެ ރައްޔިތުންގެ ހިތްތަކުގައި ފުލުހުންނާމެދު ނަފުރަތު އުފެދި އިތުބާރު ގެއްލިދާނެ ފަދަ ކަމެއް ކަމުގައި ވީ ހިނދު މިގަދަ ހަބަރުތައް ގެނެސްދިނުމުގައި އިތުބާރު ކުރެވޭ މަސްދަރަކުން ޔަގީން ކުރުމަށް ފުލުހުން ވަނީ އެދެފައެވެ.
ޔޯގާ ޑޭ ގައި ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން 21 މީހަކު ހައްޔަރުކޮށްފައިވެއެވެ.