- Advertisement -ad image

އައްޑޫސިޓީގައި އީދު ފާހަގަ ކުރުމަށް ބޭއްވި ޝޯގައި ބަޔަކު، ކީރިތި ގުރުއާނަށް ހަޖޫ ޖެހި މައްސަލަ ހޫނުވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

އަޟްހާ އީދު ފާހަގަ ކުރުމަށް އައްޑޫ ސިޓީ މީދޫގައި ބޭއްވި ޝޯއެއްގެ ތެރެއިން ކީރިތި ޤުރުއާނަށް ހަޖޫޖަހާ އައުގުރާނަ ގޮވި މައްސަލައެއް ފެންމަތިވެ ގިނަ ބަޔަކު އެކަމާ ކަން ބޮޑުވުން ފާޅު ކުރަން ފަށައިފިއެވެ.
ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ބުނެފައިވަނީ ގުރުއާނަށް ހަޖޫޖެހުމަކީ ނޭންގުމެއްގެ ތެރެއިންވާ ކަމެއް ނޫން ކަމަށާއި ގަސްދުގައި އީދު ކުޅިވަރުން ހައްދުފަހަނަ އަޅާފައިވާ ކަމަށެވެ.
މި ޝޯގެ ތެރެއިން ގެނެސްދިން އައިޓަމެއްގައި ވަނީ ގުރުއާން ދަސްކުރުމުގެ ތަޖުވީދުގެ ބަޔަކަށް މަލާމާތްކޮށް ބައިތެއްގެ ސިފައިގާ ކިޔާފައެވެ.
ގިބަ ބަޔަކު މިކަމަށް ފާޑު ކިޔަމުންދަނީ މި ޝޯ ބެލުމަށް ކުދި ބޮޑު އެންމެން އެތަނުގައި ތިބުމުން ދަރިންނަށް އެ ދެވުނު ނުބައި މެސެޖުންވެސްމެއެވެ.
ފަހަކަށް އައިސް ފާޅުގައި ދީނަށް ފުރައްސާރަ ކުރުން ވަނީ އާއްމުވެފައެވެ.
ނަމަވެސް މިފަދަ ފަރާތްތަކަށް އެއްވެސް ފިޔަވަޅެއް އެޅުމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ ނުކުޅެދިފައެވެ.

އައްޑޫ ސިޓީ ކައުންސިލުން މިކަމާ ގުޅޭ ގޮތުން އަދި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

2 ޚިޔާލު

  1. މީދޫ ދާއިރާގެ މމިމްބަރު ތިކަމާ ވަރަށް އުފާކުރާނެ، އެއީ އެމްޑީޕީ އަކީ ދީނަށް ފުރައްސާރަ ކުރާމީހުން ހިމާޔަތް ކޮށްދޭ ސަރުކާރެއްގެ ވަރަށް ހިނަގާލާ ކަނބަލެއް.

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ