- Advertisement -ad image

ޔޯގާ ހަރަކާތާއި ގުޅިގެން ހައްޔަރު ކުރި މީހުންގެ ތެރެއިން ހަ މީހަކު މިއަދު ދޫކޮށްލައިފި

ad image

ގުޅުންހުރި ލިޔުންތައް

ބައިނަލް އަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ފަލޮޅު ދަނޑުގައި ބޭއްވި ހަރަކާތުގައި ހިންގި ހަމަނުޖެހުމާއި ގުޅިގެން ހައްޔަރު ކުރި މީހުންގެ ތެރެއިން ހަ މީހަކު މިއަދު ދޫކޮށްލައިފިއެވެ.

ފުލުހުން ބުނީ ތަހުގީގުގައި ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހަ މީހަކު މިއަދު ދޫކޮށްލާފައިވާ ކަމަށެވެ.
ޔޯގާ ހަރަކާތް ހުއްޓުވަން އެސަރަހައްދަށް އެއްވި މީހުންގެ ތެރެއިން 21 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މީގެ ތެރޭގައި ދީނީ އިލްމުވެރިންވެސް ހިމެނެއެވެ.

މިމައްސަލައާއި ގުޅިގެން ހައްޔަރުކުރި 6 މީހަކު މިއަދު ބަންދުން ދޫކޮށްލާފައިވާއިރު ފުލުހުން ބުނީ އެމައްސަލަ ގެންދަނީ އަދިވެސް ތަހުގީގު ކުރަމުން ކަމަށެވެ.

މިމައްސަލާގެ ތުހުމަތުގައި ޕީޕީއެމް ހަރަކާތު ކޮމިޓީގެ ޗެއަރ މުހައްމަދު އިސްމާއިލްވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ