- Advertisement -ad image

އެތެރެހަށީގައި ފޮރުވައިގެން ރާއްޖެ އެތެރެ ކުރަން އުޅުނު ދެ ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ad image

ގުޅުންހުރި ލިޔުންތައް

އެތެރެހަށީގައި ފޮރުވައިގެން އެތެރެކުރަން އުޅުނު 2.328 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ، އިތިއޯޕިއާއިން ރާއްޖެއައި 02 މީހެއްގެ އެތެރެހަށީގައި ފޮރުވައިގެން އެތެރެކުރަން އުޅުނު 2.328 ކިލޯ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފައިވާ ކަމަށެވެ.

ވައިގެމަގުން އައި އުމުރުން 41 އަހަރުގެ އިނގިރޭސިވިލާތުގެ މި ދެ ފިރިހެނުންނަކީ ޖޫން މަހު 28 ވަނަ ދުވަހު ރާއްޖެ އައި މީހުން ކަމަށް ކަސްޓަމްސް އިން މައުލޫމާތުދެއެވެ.
ދެ މީހުންގެ ހަށިގަނޑުގެ އެތެރޭގައި މަސްތުވާތަކެތި ފޮރުވާފައިހުރި ކަމަށް ޝައްކުކުރެވިގެން، ކަސްޓަމްސްއިން ވަނީ މި ދެ ފަސިންޖަރުންގެ ހަށިގަނޑު ސްކޭންކޮށްފައި ކަމަށާއި މި ފަސިންޖަރުންގެ އެތެރެހަށިން “ފޮރިން ބޮޑީސް” ފެނިފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ.
ކަސްޓަމްސް އިން ބުނީ އަތުލައިގެންފައިވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ “ކޮކެއިން” އަށް ޝައްކުކުރެވޭ ބާވަތެއްކަމަށެވެ. މިދެމީހުން ގެ ހަށިގަޑުން ޖުމްލަ 220 ބުލެޓް ނަގާފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ