- Advertisement -ad image

ނޫސްވެރިކަމުގެ މިނިވަން ކަމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ: ރައީސް

ad image

ގުޅުންހުރި ލިޔުންތައް

ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް ނުކުރާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

ސަރުކާރުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދީ، މިނިވަން ނޫސްވެރިކަން ކުރިއެރުވުމަށް އެހިނދަކަށް ކުރަންޖެހޭ މަސައްކަތެއް ސަރުކާރުން އަބަދުވެސް ކުރަމުންގެންދާނެ ކަމަށެވެ.

ސަރުކާރުން މިގޮތަށް ބުނެފައިވާއިރު ނޫސްވެރިން ލިޔާ ހަބަރުތަކުގެ މަސްދަރު ހާމަކުރަންޖެހޭގޮތަށް ހިމަނައި ހެއްކާ ބެހޭ ބިލު ރައީސް ތަސްދީގު ކުރީ މިހަފުތާތެރޭގައެވެ.
ސަރުކާރުގެ ބަޔާނުގައި ބުނެފައިވަނީ ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް އަމުރުކުރުމަށް އެދިފައިވަނީ، ނޫސްވެރިޔާގެ ނޫސްވެރިކަމުގެ މަސައްކަތަށް ހުރަސްއަޅައި ދަތިކުރުމުގެ މަޤުޞަދުގައި ނޫންކަމަށެވެ.

އަދި 40 އަހަރަށްފަހު ފާސްކުރެވުނު ހެއްކާބެހޭ ޤާނޫނު އެކުލަވައިލުމާއި ދިރާސާ ކުރުމުގެ މަރުޙަލާގައި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަރަށް ގިނަ ފަރާތްތަކާއެކު ނުހަނު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ކަމާ ގުޅުންހުރި ފަރާތްތަކުގެ ޚިޔާލު ހޯދާފައިވާ ކަމަށް ސަރުކާރުގެ ބަޔާނުގައި ބުނެފައިވެއެވެ.
ހެއްކާބެހޭ ޤާނޫނު ގެ 136 މާއްދާގެ (ހ) ގައި، ނޫސްވެރިޔާއަށް ނުވަތަ މީޑިއާ އޭޖެންސީއަށް މަޢުލޫމާތު ހާމަކުރުމަށް މަޖުބޫރުކުރުން މަނާކޮށްފައި ވަނީ، މަޢުލޫމާތު ދިން ފަރާތް ސިއްރުކުރުމުގެ ވަޢުދެއް، ނުވަތަ ޔަގީންކަމެއްގެ މައްޗަށް ބިނާކޮށް، ނޫސްވެރިޔާ މަޢުލޫމާތު ހޯދާފައިވާ ހާލަތެއްގައި ނަމަ، އެ މަޢުލޫމާތެއް ދިން ފަރާތުގެ ރުހުމާ ނުލައި އެ މަޢުލޫމާތެއް ދިންފަރާތް ހާމަނުކުރެވޭ ގޮތަށެވެ.
މި ޤާނޫނުގައި މި އުސޫލުން އިސްތިސްނާވާ ދެ ކަމެއް ކަނޑައަޅައިފައިވެއެވެ. އެއީ، ނޫސްވެރިޔާ ހާމަކުރާ މަޢުލޫމާތަކީ ޓެރަރިޒަމްގެ ކުށްތައް ނުވަތަ ޤައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކާ ގުޅޭ މަޢުލޫމާތެއްކަމަށް ވުމެވެ.
އަދި އެފަދަ މަޢުލޫމާތެއް ހިމެނޭ ހާލަތްތަކުގައިވެސް، މަސްދަރު ހާމަކުރުމުގެ ހުއްދަ ކޯޓުއަމުރަކުން ދެވޭނީ، ހެއްކާބެހޭ ޤާނޫނުގެ 136 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކާއި ސަބަބުތަކަށް ރިޢާޔަތްކޮށް، މަދަނީ މިންގަނޑުން އެކަންކަން ސާބިތުވާނަމައެވެ. މިގޮތުން، މި މާއްދާގައި މަސްދަރު ހާމަކުރުމުގެ ހުއްދަ ދިނުމުގައި ފަނޑިޔާރު ރިޢާޔަތްކުރަންޖެހޭ ކަންކަމުގެ ފުރިހަމަ ލިސްޓެއް ޤާނޫނުގައި ހިމަނައިފައިވެއެވެ.

ނަމަވެސް މި ބިލް ތަސްދީގު ކުރިތާ 24 ގަޑި އިރު ނުވަނީސް ފުލުހުންވަނީ “ދިޔަރެސް” ނޫހުގައި ޝާއިއު ކުރި ޚަބަރަކާއި ގުޅިގެން އެ ނޫހުގެ މެނޭޖިން އެޑިޓަރު އަދި ނޫސްވެރިޔާ އަހްމަދު އަޒާން ފުލުހަށް ހާޒިރު ވުމަށް އަންގައިފައެވެ. އެގޮތުން މިއަދު އަޒާންގެ ބަޔާން ނަގާފައިވާކަން ފާހަގަ ކުރެވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ