އަނިޔާވެެެރި ޢަމަލަކަށް އޭނާ ތާއިދުކުރައްވާނެކަމަށް ޤަބޫލެއް ނުކުރައްވާ ކަމަށާއި ޝައިޚު ނިޝާން މިނިވަންކުރަންޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގާނޫނާ ޚިލާފުކަމެއް ކުރިކަން ސާބިތު ނުވާހާ ހިނދަކު، ދީނީ ގޮތުން ކަމެއްގައި މީހަކު ދެކޭ ރައުޔެއް ހާމަކުރުމަކީ ހައްޔަރުކޮށްގެން ގެންގުޅެން ޖެހޭ ސަބަބެއްނޫން ކަމަށެވެ.
އަދި ޝައިޚު އާދަމް ނިޝާނަކީ، ވަކިން ޖަމާޢަތް ހަދައިގެން ނަމާދުކޮށް އުޅުނު ފަރާތްތައް އިޞްލާޙުކޮށް ޢިލްމީ ގޮތުން އެފަރާތްތަކަށް ޙައްޤުގޮތް ބުނެދެއްވުމަށް މަސައްކަތް ކުރައްވައި ނަތީޖާ ވެސް ނެރުއްވި ބޭފުޅެއް ކަމަށް ޝަހީމް ވިދާޅުވިއެވެ.
ބައިނަލް އަގުވާމީ ޔޯގާޑޭ ފާހަގަ ކުރުމަށް ބޭއްވި އިވެންޓް ހުއްޓުވުމަށް ހިންގި ހަރަކާތް ރޭވި ކަމުގެ ތުހުމަތަށް ޝެއިހު ނިޝާން ހައްޔަރުކޮށް ވަނީ މުއްދަތު ޖަހާފައެވެ.
ޝެއިހު ނިޝާން ހައްޔަރު ކުރީ ދަރިފުޅު ގޮވައިގެން އިޝާ ނަމާދު ކުރަން ދަނިކޮށް މަގުމަތިންނެވެ.