- Advertisement -ad image

ޝަރުތުތަކަކާއެކު ދޫކޮށްލި ޝެއިހު ފަޒްލޫން މިއަދު ފުލުހަށް ހާޒިރު ކުރަނީ

ad image

ގުޅުންހުރި ލިޔުންތައް

ޔޯގާ ހަރަކާތާ ދެކިޅަށް ކުރިއަށް ގެންދިޔަ ހަމަނުޖެހުން ރާވާ ހިންގި ކަމުގެ ތުހުމަށް ހައްޔަރު ކުރުމަށްފަހު ޝަރުތުތަކަކާއެކު ކޯޓުން ދޫކޮށްލި ޝެއިހު ފަޒްލޫން މިއަދު ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.
ޝެއިހް ފަޒްލޫން ހާޒިރުވާން އަންގާފައި ވަނީ ފުލުހުން އެ މައްސަލާގައި ހިންގަމުން އަންނަ ތަހުގީގަށެވެ.
އެގޮތުން ފުލުހުން ވަނީ ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގެ މައްސަލައިގެ ތަހުގީގަށް މިއަދު މެންދުރު 1:00 ޖަހާއިރު ފުލުހަށް ހާޒިރުވާން ޝެއިހް ފަޒްލޫނަށް އަންގައިފައެވެ.

މިމައްސަލައިގެ ތުހުމަތަށް ޝެއިހު ފަޒްލޫން ވަނީ މަހެއްހާ ދުވަސް ވަންދެން ބަންދުގައި ބަހައްޓާފައެވެ.
ބުރާސްފަތި ދުވަހު ބޭއްވި މުއްދަތު މަޖިލީހުން ޝެއިހު ފަޒުލޫން ދޫކޮށްލާފައިވަނީ ތަހުގީގަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށެވެ.
މީގެ އިތުރުންވެސް ރާއްޖެއިން ބޭރު ގައުމަކަށް ދަތުރުކުރާނަމަ ލިޔުމުން ފުލުހުންނަށް އެކަން އެންގުމަށާއި, އެޑްރެސް އަދި ފޯން ނަމްބަރު ބަދަލުކުރާނަ އެކަންވެސް ފުލުހުންނަށް އެންގުމަށް ޝަރުތުކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ