- Advertisement -ad image

މުޅި މާލެއިން ކަރަންޓް ކެނޑިއްޖެ

ad image

ގުޅުންހުރި ލިޔުންތައް

މުޅި މާލެއިން ކަރަންޓް ކެނޑިއްޖެއެވެ.

ސްޓެލްކޯއިން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން، މުޅި މާލެއިން އަދި ހުޅުމާލޭގެ ބަޔަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި ކަމަށެވެ.

މި މައްސަލަ ހައްލުކޮށް ވީއެންމެ އަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށް ސްޓެލްކޯއިން ހާމަކުރެއެވެ.

އަދި މާލެއިން ކަރަންޓުގެ ހިދުމަތް މެދު ކެނޑިފައިވަނީ، ގްރޭޓާމާލެ އިންޓަރކަނެކްޝަން ގްރިޑަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށާއި މި ވަގުތު ގްރިޑްގެ ހިދުމަތް މެދުކެނޑިފައިވާއިރު، ގްރިޑް ރީކަނެކްޓް ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށްވެސް ސްޓެލްކޯއިން ހާމަކުރެއެވެ.

މީގެ އިތުރުން ސްޓެލްކޯއިން ބުނީ މާލެއާއި ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ ހުޅުމާލޭ އިންޖީނުގޭގައި އަޕްގްރޭޑިންގ މަސައްކަތެއް ކުރަމުންދަނިކޮށް، 2 އިންޖީނު ނިވިގެން ކަމަށެވެ.

މި ވަގުތަކީ ސްކޫލްތަކަށް ދަރިވަރުން ގެންދަން ރީތިވާ ވަގުތު ކަމުން ގިނަ ބަޔަކު ދަނީ މިކަމާ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ