މަސްތުވާތަކެތީގެ ވަބާ މުޅި ގައުމަށް އާއްމުވެ މަސްތުވާތަކެތީގެ ވަބާގައި ޖެހި ރާއްޖޭގެ ކުދި ކުދި ރަށްތައްވެސް ދަނީ ހަލާކުވަމުން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާ މުޅި ރާއްޖެއަށް ޢާއްމުވެގެން ދިއުމަކީ މުޅި ޤައުމާއި މުޖުތަމަޢާއި ކުރިމަގުގެ ޖީލުތަކަށް އޮތް ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.
އަދި މިކަމުން ޤައުމު ސަލާމަތްކުރުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށާއި ރާއްޖޭގެ ކުދި ކުދި ރަށްތައް ވެސް ދަނީ މިވަބާގައި ޖެހި ހަލާކުވަމުން ކަމަށް ޝަހީމް ވިދާޅުވިއެވެ.
މަސްތުވާތަކެތި އާއްމުވެ ކުށްތަކަށް އަރައިގަންނަ މީހުން އިތުރުވަމުންދާ ކަން ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.