ބުއްދީގޮތުން ބަލާއިރު އިލްމީ ބަހުސެއް ކުރެވޭނެ މާހައުލެއް ރާއްޖޭގައި ނެތް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ދީނީ އިލްމްވެރިންގެ ފަރާތުން އިލްމީ ބަހުސްތަކާއި ޖަވާބުތައް ނުފެންނަ ކަމަށް ވިދާޅުވެ ޑިފެންސް މިނިސްޓަރ މާރިޔާ ފާޑު ވިދާޅުވުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ޝަހީމް ވިދާޅުވީ، ރާއްޖޭގައި ފަތުވާ ކައުންސިލެއް ނެތް ކަމަށާއި ފިގުހު އެކަޑަމީއެއްވެސް ނެތް ކަމަށެވެ.
އަދި އިސްލާމިކް މިނިސްޓްރީން ޕްރޮގްރާމްތަކުގައި ބައިވެރިކުރަނީ ސިޔާސީ ވިސްނުމަށް ބަލާފައި ކަމަށާއި ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ބޭއްވި ހުރިހާ ޕްރޮގްރާމެއްގައި އިލްމްވެރިން ބައިވެރިވި ކަމަށެވެ.
އަދި ރާއްޖޭގައި އޮތީ މަލްޓިޕާޓީ ޑިމޮކްރަސީއެއްކަން ރާއްޖޭގެ ހުރިހާ މުއައްސަސާތަކަށް ވިސްނެން އެބަޖެހޭ ކަމަށާއި ހުރިހާ ޕާޓީއެއްގައިވެސް ދީނީ އިލްމްވެރިން ތިބޭކަން އެނގެންޖެހޭ ކަމަށް ޝަހީމް ވިދާޅުވިއެވެ.
“ރާއްޖޭގެ އެމްއެންޔޫ އިން ވެސް އައިޔޫއެމް އިން ވެސް ފުރުސަތު ނުދޭ ޕާރޓް ޓައިމްކޮށްވެސް އިލްމްގެ ބޭނުން ހިފަން ސިޔާސީ މަސްރަހުގައި އުޅޭ އިލްމްވެރިންނަށް” ޝަހީމް ވިދާޅުވިއެވެ.
އަދި މިހުރިހާ ކަމަކުން ދޭހަވަނީ ރާއްޖޭގެ ގިނަ މުއައްސަސާތަކުގެ ތަސައްރަފު އަދިވެސް ނުފުދޭ ކަން ކަމަށާއި އަދިވެސް އުޅެން ބޭނުންވަނީ ބޮޑުހިލައިގެ ޒަމާނުގައި ކަން ޝަހީމް ވިދާޅުވިއެވެ.
ލ ގަމުގައި މިހާރު ކުރިއަށްދާ ވިއަވަތި ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރ މާރިޔާ ވިދާަޅުވީ، ހަރުކަށި ފިކުރާ ދެކޮޅަށް އަދި ދީނުގެ ރަނގަޅު ގޮތްތައް ބުނެދިނުމަށް ބޭރުންނާއި ރާއްޖޭގެ ބައެއް އިލްމްވެރިން ބައިވެރިކޮށްގެން ކައުންޓަ ޓެރަރިޒަމް ސެންޓަރުން ގިނަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދާ ކަމަށެވެ.
ޝަހީމް ބަހުސް ކުރާނެ ކަމެއް ނެތް. ޝަހީމްއާ ކުރަންހުރި ސުވާލު ކުރަން ވާނީ އެގޭ ދޮރުފަތުގަ އިން ތަޅު ކައިރީ.
ޝަހީމްއަކީ ބޮޑާ ކަމާއި ކިބުރުވެރި ކަމުގެ ނައިބު ރައީސް.