- Advertisement -ad image

ހަބަރެއް ލިބިއްޖެނަމަ ތެދުދޮގު ބެލުމަކީ އިސްލާމްދީނުގެ އިރުޝާދު: ޝަހީމް

ad image

ގުޅުންހުރި ލިޔުންތައް

އެއްވެސް ކަހަލަ ހަބަރެއް ލިބިއްޖެނަމަ ތެދު ދޮގު ބެލުމަކީ އިސްލާމްދީނުގެ އިރުޝާދު ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދޭތެރެ ޖެއްސުމާއި ދޮގުވާހަކަ ފެތުރުމާއި މިއީ ފިތުނަ ފަސާދައަށް މަގުފަހިކުރުވާ، އަދި އެއްބައިވަންތަކަން ނަގާލާ ކަންކަން ކަމަށެވެ.
އަދި މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާ މެދު ވިސްނަންޖެހޭނެ ކަމަށާއި ޚަބަރެއް ލިބިއްޖެ ނަމަ ތެދު ދޮގު ބެލުމަކީ އިސްލާމްދީނުގެ އިރުޝާދު ކަމަށް ޝަހީމް ވިދާޅުވިއެވެ.

ޝަހީމް މިގޮތަށް ވިދާޅުވެފައި މިވަނީ ހަބަރު ފަތުރާ ބައެއް ވަސީލަތްތަކުން ލިޔެ ޝާއިއު ކުރަމުންދާ އެކި ހަބަރުތަކާއި ގުޅިގެން ކަމަށް ބެލެވެއެވެ.
އެގޮތުން ބައެއް ކަންކަމުގައި ތުހުމަތުވާ ފަރާތްތަކުގެ ފޮޓޯ ޖަހާ ހަބަރުތައް ލިޔެ އާއްމު ކުރުމަކީ ބައެއް މީޑިއަމްތަކުގައި މިހާރު ކުރާ ކަމެކެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ