- Advertisement -ad image

މުފްތީ މެންކް އަންނަ މަހު ރާއްޖެ ވަޑައިގަންނަވަނީ

ad image

ގުޅުންހުރި ލިޔުންތައް

މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކު އަންނަ އޮކްޓޯބަރު މަހު ރާއްޖެވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 28 އިން 31 އަށް މުފްތީ މެންކު ރާއްޖެވަޑައިގަންނަވާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
އަދި މި ދުވަސްތަކުގައި މާލެ – އައްޑޫސިޓީ – ފުވައްމުލަކަށް މުފްތީ މެންކް ވަޑައިގެން ދަރުސްދެއްވާނެ ކަމަށް ބުނެފައިވެއެވެ.


މީގެ ކުރިންވެސް މުފްތީ މެންކް ވަނީ އެކި ފަހަރު މަތިން ރާއްޖެވަޑައިގެން ދަރުސްތައް ދެއްވާ އިމާމުވެ ހުކުރުވެސް ކުރައްވާފައެވެ.

މީގެ ކުރިން 2020 ވަނަ އަހަރު ޖެނުއަރީ މަހުގެ ތެރޭގައި އިސްލާމިކް މިނިސްޓަރީގެ ދައުވަތަކަށް މުފްތީ ރާއްޖެ ވަޑައިގަތްފައިވާއިރު އެ ދަތުރުގައި މުފްތީ މެންކް ވަނީ މާލޭގެ އިތުރުން އައްޑޫ ސިޓީއާއި ކުޅުދުއްފުށި ސިޓީގައިވެސް ދަރުސްދެއްވާފައެވެ. މުފުތީ މެންކަކީ ދެކުނު އެފުރިކާ އަށް ނިސްބަތްވާ އިލްމްވެރިއެކެވެ.
މުފްތީ މެންކްގެ ފޭނުން ދިވެހިންގެ ތެރޭގައިވެސް ވަރަށް ގިނައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ