- Advertisement -ad image

ޔޯގާޑޭ ހަމަނުޖެހުން: ފަޒްލޫނާއި ނިޝާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި

ad image

ގުޅުންހުރި ލިޔުންތައް


ބައިނަލް އަގުވާމީ ޔޯގާ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަރަކާތުގެ ތެރެއިން ހިންގި ހަމަނުޖެހުންތަކާއި ގުޚިގެން ޝެއިހު ފަޒްލޫން މުހައްމަދު އަދި ޝެއިހު އާދަމް ނިޝާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފިއެވެ.

ޕީޖީ އޮފީހުން ބުނީ ޖޫން 21 ވަނަ ދުވަހު ބައިނަލް އަގުވާމީ ޔޯގާ ދުވަހުގެ ހަރަކާތާއި ދެކޮޅަށް ގަލޮޅު ބޯޅަ ދަނޑު ހިމެނޭ ސަރަހައްދުގައި ބޭއްވި އެއްވުމުގެ ބައިވެރިން ގަލޮޅު ބޯޅަ ދަނޑުގެ ތެރެއަށް ވަދެގަނެ، ޓެރަރިޒަމްގެ އަމަލުތަކެއް ހިންގި ކަމަށް ތުހުމަތު ކުރެވުނު މައްސަލާގައި ދައުވާތައް ކުރުމަށް ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
އެގޮތުން ޓެރަރިޒަމް މަނާކުރުމުގެ ގާނޫގެ ދަށުން ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ދައުވާ ށ މިލަންދޫ،ނާޒް،ފަޒްލޫން މުހައްމަދު އަދި ލ މާމެންދޫ، ސޯސަންވިލާ، އާދަމް ނިޝާންގެ މައްޗަށް ވަނީ އުފުލާފައެވެ.
މި ދައުވާ ސާބިތުވެއްޖެނަމަ 10 އަހަރާއި 15 އަހަރާއި ދެމެދުގެ މުައްދަތަކަށް ޖަލަށްލާނެއެވެ.

ޔޯގާ ދުވަހުގެ ހަމަނުޖެހުމާއި ގުޅިގެން 18 މީހެެއްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހުން ކޯޓަށް ފޮނުވާފައިވެއެވެ.
މީގެ ތެރެއިން 7 މީހެއްގެ މައްޗަށް ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ދައުވާވެސް އުފުލާފައެވެ.
އެގޮތުން ދައުލަތުން ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ދައުވާ އުފުލާފައިވަނީ،
މުހައްމަދު ޛިލިއަން
އަބްދުالله ރިފާއު
އަބޫބަކުރު ފާރިއު
އަހުމަދު އަކްސަމް
އަހުމަދު ނަސޫހު
ހަސަން ޝިފާޒް
ޝަބިމް އާދަމް އެވެ.

މި ކުށް ސާބިތުވެއްޖެނަމަ 20 އަހަރާއި 25 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލާނެއެވެ

މީގެ އިތުރުން ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާވެސް ވަނީ ހަތް މީހެއްގެ މައްޗަށް އުފުލާފައެވެ. މި ދައުވާ ސާބިތުވެއްޖެނަމަ 17 އަހަރާއި 20 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލާނެއެވެ.
އަދި ތ ތިމަތަފުށި، ނަރުގިސްވިލާ، އަބްދުالله ރިފާއުގެ މައްޗަށް ވަނީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާކަން ދޭހަވާ ފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާވެސް އުފުލާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ