- Advertisement -ad image

ރާ ވިއްކުން ހުއްދަކޮށްފައި ކެސީނޯ ހިންގުން ހަރާމްނުކުރެވޭނެ: މަހްލޫފު

ad image

ގުޅުންހުރި ލިޔުންތައް

ރިސޯޓްތަކުގައި ބަރާބަރަށް ރާ ވިއްކައި ހުރިހާ ސަކަރާތެއް ޖަހާ ކަމަށާއި ރާ ވިއްކުން ހުއްދަކޮށްފައި ކެސީނޯ ހިންގުން ހަރާމްނުކުރެވޭނެ ކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކާ ގުޅިގެން ވާހަކަފުޅު ދައްކަވަމުން މަހްލޫފު ވިދާޅުވީ، ކެސިނޯގެ ނަން ބުންޏަސް އަދި އެ ވާހަކަ ދައްކަން ފެށިއަސް އެ ވާހަކަދައްކާ މީހަކު ގޯސްވެ ކުށްވެރިވާ ކަމަށެވެ.
އަދި ރާއްޖޭގެ ރިސޯޓުތަކުގައި ކެސިނޯ ހިންގުމާ ގުޅޭ ގޮތުން މަޝްވަރާކުރެވެންޖެހޭކަމަށް މަހްލޫފު ވިދާޅުވިއެވެ.
ކާށިދޫ ދާއިރާގެ ޖާބިރުވަނީ މީގެ ކުރިންވެސް ރާއްޖޭގެ ރިސޯޓުތަކުގައި ބަނގުރާ ވިއްކަމުންދާތީ ކެސިނޯ ނުހިންގެންވީ ސަބަބެއް ނެތްކަމަށް ވިދާޅުވެ، ރާއްޖޭގައި ޖުވާކުޅޭ ތަންތަން ޤާއިމުކުރުމަށް ތާއީދުކުރައްވައި ވަކާލާތުކުރައްވާފައެވެ.

މިމައްސަލާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ކެސީނޯ ލައިސަންސްތައް ދިނުމަކީ އެއްވެސް ގަވައިދަކުން މަނާ ކުރާ ކަމެއް ނޫން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ