- Advertisement -ad image

ރައީސް ޔާމީނުގެ ވެރިކަން ފުރޮޅާލަން މަސައްކަތްކުރި ‘މިނިކާ ބާޒް’ ތަކާމެދު ވިސްނަންޖެހޭ: ޑރ ޝަހީމް

ad image

ގުޅުންހުރި ލިޔުންތައް

ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަން ފުރޮޅާލަން މަސައްކަތް ކުރި މިނިކާބާޒު ތަކާމެދު ވަރަށް ވިސްނަންޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާަޅުވެއްޖެއެވެ.
ޑރ ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަން ފުރޮޅާލައި އެމަނިކުފާނާ ރާއްޖޭގެ ގައުމީ ތަރައްގީ ފަހަތަށް ޖައްސާލުމުގައި އަމަލީ ގޮތުން ބައިވެރިވި މިނިކާ ބާޒުތަކާއި މެދު ޕީޕީއެމްގެ މެންބަރުން ވިސްނަންޖެހޭނެ ކަމަށެވެ.
އަދި ތިއްބެވީ ހޭލާ ކަމަށާއި ނުކުޅެވޭނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

މިފަދަ ޓުވީޓެއް ޝަހީމް ކުރެއްވި ސީދާ ސަބަބެއް އެނގެން ނެތް ނަމަވެސް “މިނިކާ ބާޒު” ބަސް ބޭނުންކޮށްފައިވަނީ ރައީސް ޔާމީން މީގެ ކުރިން ދައްކަވާފައިވާ ވާހަކަފުޅަކާއި ގުޅިގެން ކަމަށް ބެލެވެއެވެ. އެގޮތުން ރައީސް ޔާމީން ވަނީ އެ މަނިކުފާނު ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގެންފިނަމަ ޕީޕީއެމް/ޕީއެންސީއާ ހަވާލުވުމަށް، އެ މަނިކުފާނު ޖަލަށް ވަޑައިގަންނަވާނެ އިރެއްގެ އިންތިޒާރުގައި ބަޔަކު ތިބިކަމަށް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެއީ ސީދާ ކޮންބައެއް ކަމެއް ވިދާޅެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

3 ޚިޔާލު

  1. ޑރ ޝަހީމް އެ ވިދާޅުވީ ވަރަށް ވެސް ރަނގަޅު ވާހަކަފުޅެއް،
    ކިހިނެއްތޯ އެނގެނީ ދެވަނަ ފަހަރު އެއަށްވުރެ ވެސް ބޮޑު ގެއްލުމެއް ނުދޭނެކަމެއް،
    އެމީސްމީހުން ތެދުވެރިއެއް ނުވާނެ، ދެންވެސް ލާރިގަނޑެއް ދިއްކޮށްލާއިރަށް ރޔާމީން ދޫކޮސްލާފަ ދާނެ، އެއްފުޅައްމަތިން ފުންމާލި ބަކަރި އަނެއް ފުޅަންމަތީންވެސް ފުންމާލާނެ، ތެދުވެރިއެއްނުވާނެ، ރޔާމީނާ އަރިސްކުރައްވައިގެން ނުވާނެ، ރޔާމީންގެ ފުރާނަފުޅު ލުހެލަން ވެސް ކުރީގާވެސް ބަޔަކު އުޅުން، ވިސްނާލުން މުހިންމު ކަންތައް މިހުންނަނީ.

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ